ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްއާރުސީއެމަށް ހަބީބު އައްޔަނު ކުރުމަށް ފެންނަކަމަށް މަޖިލީހުން ފާސްކޮށްފި

އިސްމާއީލް ހަބީބް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ހުސްވެފައިވާ މަގާމަށް، އިސްމާއިލް ހަބީބު އައްޔަނު ކުރަން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެޗްއާރުސީއެމަށް ހަބީބު އައްޔަނު ކުރުމަށް، ރައީސުލްޖުމްހޫރިއްޔާ އޭނާގެ ނަން މަޖިލީހަށް ފޮނުވީ މި މަހުގެ 15 ގައެވެ. އެއަށް ފަހު އެ މައްސަލަ ދިރާސާ ކުރި ހިއުމަން ރައިޓްސް ކޮމިޓީން ވަނީ އިއްޔެ ހަބީބުއާއި އިންޓަވިއުކޮށްފައެވެ.

ހަބީބު ކޮމިޝަނަށް އައްޔަނު ކުރުމާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި، ކޮމިޓީގެ މުގައްރިރު އަދި ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ވިދާޅުވީ އެވްރެޖުކޮށް ހަބީބަށް ލިބުނު މާކްސް 70 އަށް ވުރެ މަތިކަމަށެވެ. އެހެންވެ، ހަބީބަކީ އެޗްއާރުސީއެމްގެ މެމްބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ގާބިލު ބޭފުޅެއްކަމަށް ކަނޑައަޅައި އޭނާ މަގާމުން އައްޔަނު ކުރުމަށް ފެންނަކަމަށް ހާޒިރުވެ ތިބި މެމްބަރުންގެ އިއްތިފާގުން ފާސްވިކަމަށް ވަނީ ނިންމާފައެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ކޮމިޓީ ރިޕޯޓް ފާސްކޮށް، ހަބީބް އެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް ފާސް ކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 76 މެންބަރުންގެ ތެރެއިން 73 މެންބަރުން އަޣުލަބިއްޔަތުންނެވެ. ތިން މެންބަރަކު ވޯޓު ދެއްވީ ހަބީބް އެ މަގާމަށް އައްޔަނު ކުރުމަށް ނުފެންނަ ކަމަށެެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސްކަން ވެސް އަދާކުރި، ހަބީބު އެ ކޮމިޝަނުގައި ގިނަ އަހަރު ދުވަހު މަސަައްކަތް ކުރެއްވުމަށް ފަހު ރިޓަޔަރ ކުރެއްވީ މެމްބަރުކަމުގެ ދައުރު ހަމަވުމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: