ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެޓީ ކޭޝްއެއް ނުފެނުނު، ތިޖޫރީ ވީތަނެއް ނޭންގުނު، ތަހުގީގެއް ވެސް ނުހިންގުނު: މޫކޭ

މޫސާ އަލި މަނިކް (މޫކޭ) - ފޮޓޯ: އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުން އެމްޑީޕީގެ ވެރިކަމުގައި އެކި މަގާމްތައް ފުރުއްވި ބޭފުޅުންނަށް ތަފާތު އެކިއެކި ތުހުމަތު ކުރާއިރު ނުވަ މަސް ފާއިތުވިއިރު ވެސް އެންމެ ތަހުގީގެއް ވެސް ނުހިންގުނު ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ މި ސަރުކާރުން އެމްޑީޕީގެ ސަރުކާރުގެ ކުންފުނި ތަކަށް ތަފާތު އެކި ތުހުމަތުތައް ކުރި އިރު އާރްޑީސީއަށް ވެސް އެ ތުހުމަތުތައް އައި ކަމަށެވެ. އެގޮތުން އެ ކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން ތިން ފަހަރު މަތިން ކުންފުނީގެ ތިޖޫރީ ފަޅާލި ކަމަށް ތުހުމަތު ކޮށް، ޕެޓީ ކޭޝްތަކެއްގެ ވާހަކަ ދެއްކި ކަމަށް އޭނާ ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ވެރިކަމަކީ ހަގީގަތުގަ ފެހި ގާނޫނު އަސާސީގެ ދަށުން އެންމެ ޗާލުކޮށް އެންމެ ރީތިކޮށް، އެންމެ ވައްކަމާ ދުރުކޮށް ހިނގި ވެރިކަން. އެކަމު އަޅުގަނޑުމެންގެ ބޮލުގަ އެޅުވި ތުހުމަތުތައް، އަޅުގަނޑަކީ ތިން ފަހަރަށް ތިޖޫރީ ފަޅާލި މީހެކޭކި. ޕެޓީ ކޭޝްތަކެއްގެ ވާހަކަކި. ނުވަ މަސް ވެގެން ދިޔައިރު ތަހުގީގެއް ހިންގާނުލެވުނު. ހަގީގަތުގަ ވައްކަން ކުރަން ވެގެން އައި ބައެއް މީ. އަޅުގަނޑުމެން ބޮލުގަ އެޅުވީ ރޯ ބުހުތާނު ދޮގުކަން މިއަދު ސާބިތުވާނެ.

މޫކޭ ވިދާޅުވީ މި ހިނގާ އޮގަސްޓް މަހުގެ 5 ވަނަ ދުވަހު އެސްއޯއީ ކޮމިޓީއިން ބޭއްވެވި ބައްދަލުވުމަކަށް އާރުޑީސީގެ މިހާރު ވެރިން ހާޒިރު ކުރުމުން ކުރީގެ މެނޭޖުުމެންޓާއި ބެހޭ ގޮތުން ދޮގު ތުހުމަތުތަކެއްކޮށް، ކުންފުނިން ކޮށްފައިވާ އެކި ކަންކަމާއި ގުޅޭ ގޮތުން ހަގީގަތާއި ހިލާފު ވާހަކަތަކެއް ދައްކަވާފައިވާކަމަށެވެ.

ކޮމިޓީ ބައްދަލުވުމުގައި މިހާރުގެ ވެރިން ބުނި ގޮތުގައި ލިޔެކިޔުމެއް ނެތި 161 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ. އިންޓަނެޓް ބޭންކިން މެދުވެރިކޮށް ފައިސާ ހުރީ ސީދާ ކުންފުނިތަކަށް ޓްރާންސްފާ ކޮށްފައިކަމަށާއި، ކުންފުނީގެ ބައެއް ވެރިންގެ އަމިއްލަ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަމަށްވެސް ބުންޏެވެ. މީގެ އިތުރުން ބޮޑު އަގުގައި ތަކެތި ގަތުމާއި ތަކެތި ކުއްޔަށް ހިފާފައިވާކަމުގެ ތުހުމަތުކުރިއިރު، ބޭނުން ނުވާ ވަރަށް މުވައްޒަފުން ނަގާފައިވާކަމަށްވެސް ކޮމިޓީ ބައްދަލުވުމުގައި ކުންފުނީގެ މިހާރުގެ ވެރިން ފާހަގަކުރިއެވެ. މާލީ ކަންކަން ނުބެލެހެއްޓުމުގެ ސަބަބުން ކުންފުނި 837 މިލިއަން ރުފިޔާ އިން ދަރާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ.

އެކަންކަމަށް ރައްދުދެއްވާ މޫކޭ ވިދާޅުވީ ތިޖޫރީއާ ޕެޓީ ކޭޝްއަށް ވީ ގޮތް ނޭންގުނު ހެން އެ ބުނާ 161 މިލިއަން ރުފިޔާ ދޫކުރި ކަމުގެ ޑޮކިއުމަންޓު ވީ ތަން ވެސް މި ސަރުކާރަށް ބަލަން ނޭންގިގެން އުޅޭ ކަމަށެވެ. އެ މައްސަލައާ ގުޅިގެން މޫކޭ ވަނީ އާރުޑީސީ ހިންގަން އޭރު އިސްކޮށް ތިބި މީހުންގެ ހައިސިއްޔަތުން ކޮމިޓީއަށް ހާޒިރުވެ، ކޮންމެ މީހަކަށް ކޮމިޓީއިން ކުރާ ސުވާލަކަށް، އެނގި ހުރި މިންވަރަކުން ތެދުބަހުން ޖަވާބުދީ، އެކަމުގެ ރަނގަޅު މައުލޫމާތު ކޮމިޓީއަށް ކިޔައިދިނުމަށްޓަކައި އެ ފުރުސަތަށް އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: