ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައެއް ގޯތިތައް ދޫނުކުރެވި ހުރީ މީހެއްގެ ނަން މައްޗަށް ފަޅުން ބައެއް ރަޖިސްޓްރީ ކުރެވޭނެ އުސޫލެއް ނޯންނާތީ: ހައިދަރު

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން ދޫކޮށްފައިވާ ބައެއް ގޯތިތައް ދޫނުކުރެވި ހުރީ މީހެއްގެ ނަން މައްޗަށް ފަޅުން ބައެއް ރަޖިސްޓްރީ ކުރެވޭނެ އުސޫލެއް ނޯންނާތީކަމަށް ހައުސިން މިނިސްޓަރު ޑރ އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހަށް މިނިސްޓަރު ހާޒިރުކޮށް، ކުރީ ސަރުކާރު ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ވެރި ފަރާތްތަކަށް ހަވާލުކުރެވޭނީ ކިހާ ހިސާބަކުތޯ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ ސުވާލުކުރައްވާފައެވެ. އަދި ހުޅުމާލެ ފޭސް 2 އަކުން ދޫކޮށްފައިވާ ގޯތިތަކާއިމެދުވެސް ސުވާލުކުރެވުނެވެ.

މި ސުވާލަށް ޖަވާބުދެއްވާ މިނިސްޓަރު ވިދާޅުވީ ކުރީ ސަރުކާރުން ދޫކޮށްފައިވަނީ ގޯތިތަކެއް ނޫންކަމަށެވެ. އެތަންތަން ގޯތިތަކަކަށް ހެދުމުގެ މަސައްކަތް ކުރަނީ މި ސަރުކާރުންކަމަށް ވިދާޅުވިއެވެ.

ހުޅުމާލޭ ފޭސް 2 އަކުން ދޫކޮށްފައިވާ ގޯތިތައް ބަހާފައިވާއިރު، ކުންފުނީގެ މަސައްކަތްތަކަށް ސާމާނު ބަހައްޓާ ސައިޓުތަކުންނާއި، ބައެއް މަގުތަކުންނާއި، ގޯޅިތަކުންވެސް ގޯތިތައް ދޫކޮށްފައިވާކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ ބައެއް ގޯތިތަކުގެ ތެރެއަށް ކަރަންޓު ފޮށިތައްވެސް ވަންނަކަމަށެވެ. މި ބަދަލުތައް ގެނެސް މިހާރުވެސް ހުޅުމާލެ ފޭސް 2 އަކުން 1،407 ގޯތީގެ ތެރެއިން މިހާރުވެސް 623 ގޯތި މިހާރުވެސް ދޫކޮށްފައިވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޮކްޓޯބަރ މަހުގެ ނިޔަލަށް ފޭސް 2 ގެ ހުރިހާ ގޯތިތަކެއް ދީ ނިންމާލެވޭނެކަމަށް ފާހަގަކުރެއްވިއެވެ.

މިދިޔަ ސަރުކާރު 699 ގޯތި ދޫކޮށްފައިވަނީ ފަޅުންކަމަށް ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މީހެއްގެ ނަން މައްޗަށް ފަޅު ބައެއް ރަޖިސްޓްރީ ކުރެވޭނެ އުސޫލެއް އަދި ނޯންނަކަމަށެވެ. ޒިންމާދާރު ސަރުކާރަކުން މިހެން ކަންތައް ނުކުރައްވާނެކަމަށްވެސް ހައިދަރު ވިދާޅުވިއެވެ.

ރައީސުލްޖުމްހުރިއްޔާ ބޭނުންފުޅުވެ ވަޑައިގަންނަވަނީ ޒިންމާދާރުކަމާއިއެކީގައި، ގޯތި ބައްސަވަން، އެހެންވީމަ ހުޅުމާލެ ފޭސް 3 ގެ ފަޅު ގޯތި ލިބުނު 699 މި ސަރުކާރުން ގޯތި ދޫކުރާނީ ބިން ހިއްކުމަށްފަހު ބިމުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ފޭސް 3 ހިއްކުމުގެ މަސައްކަތް ފެށޭނީ އަންނަ ނޮވެމްބަރު މަހުކަމަށް ހައިދަރު ވިދާޅުވިއެވެ.

ފޭސް ތިނެއް ހިއްކާ ނިންމާ ގޯތި ހަވާލުކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ލަފާކުރެވެނީ މި އަހަރުގެ ނޮވެމްބަރު ހާތަނުގަ.

މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ގިރާވަރު ފަޅާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ، ކުރީ ސަރުކާރުން 5،186 މީހުންނަށް ގޯތި ދީފައިވަނީ ގިރާވަރުގެ ފަޅު ތެރެއިންކަމަށެވެ. މީގެ ތެރެއިން އެއްވެސް މީހެއް އުނިނުކޮށް މި ސަރުޚާރުން އެމީހުންނަށް ގޯތިތައް ދޫކުރާނީ، އެ ފަޅު ހިއްކާ، ހިކި ފަސް ބިމުންކަމަށް ހައިދަރު ވިދާޅުވިއެވެ. ހިއްކުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ގޯތިތައް ދޫކުރެވޭނީ ހިއްކާ ނިމުމުންކަމަށް ފާހަގަކުރެއްވިއެވެ.

ގޯތިތައް ދިނުމުގައި މިހާރު ހުރީ އެޑްމިނިސްޓްރޭޝަންގެ މައްސަލަތަކެއް ނަމަވެސް، ހައްގުވެރިންނަށް ގޯތިތައް ކަށަވަރުކޮށްދެއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: