ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭޝިއަން ސަފިންގ ޗެމްޕިއަންޝިޕްގައި ދިވެހި ޤައުމީ ޓީމުން ހޯދި ކާމިޔާބީއަށް ރައީސް މަރުޙަބާއާއި ދަންނަވައިފި

ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕްގައި ދިވެހި ޤައުމީ ފިރިހެން ޓީމާއި އަންހެން ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާއާއި ތަހުނިޔާ ދަންނަވައިފިއެވެ.

ދިވެހި ޤައުމީ ސަރފިންގ ފިރިހެން ޓީމާއި އަންހެން ޓީމް ހޯދި ފަޚުރުވެރި ކާމިޔާބީއަށް އެމަނިކުފާނު ތަހުނިޔާ އަރިސްކުރައްވާފައިވަނީ ރޭ މީސް މީޑިއާ މެދުވެރި ކުރައްވައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މި އަހަރަކީ އޭޝިއަން ގޭމްސްގައި ސަރފިންގ ހިމެނުނު ފުރަތަމަ އަހަރެވެ. ދިވެހި ޤައުމީ ސަރފިންގ ފިރިހެން ޓީމާއި އަންހެން ޓީމް މި މިކާމިޔާބީ ހޯދާފައި ވަނީ އެ މުބާރާތަށް އެތުލީޓުން ނެގުމަށްޓަކައި މިހާރު ކުރިއަށްދާ އޭޝިއަން ސަރފިން ޗެމްޕިއަންޝިޕް މުބާރާތުގައި ވާދަކޮށްގެންނެވެ.

މި މުބާރާތް މިއަހަރު ކުރިއަށްދަނީ ކ. ތުލުސްދޫގައެވެ. މި މުބާރާތުގައި 20 ޤައުމަކުން 113 އެތުލީޓުން ބައިވެރިވެފައިވެއެވެ. މިއީ އޭޝިއަން ސަރފިންގ ޗެމްޕިއަންޝިޕް ދިވެހިރާއްޖޭގައި ބާއްވާ ދެވަނަ ފަހަރެވެ.

ތުލުސްދޫގައި ކުރިއަށްދާ މުބާރާތުގައި ވާދަކޮށް އޭޝިއަން ގޭމްސް 2026 ގެ އަންހެން އަދި ފިރިހެން ސަރފިންގ ކެޓަގަރީން ރާއްޖެ ވަނީ ޖާގަ ކަށަވަރުކޮށްފައެވެ. އަދި މި ޖާގަ ކަށަވަރުކޮށްފައިވަނީ ދެކުނު އޭޝިއާ ސަރަޙައްދުގެ އެއްވަނަ ދަރަޖައިގައެވެ. ހަމައެއާއެކު ރާއްޖޭގެ ފިރިހެން ޓީމު ވަނީ އޭޝިއާ ބައްރުގެ 4 ވަނަ ހޯދާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: