ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވަޅު ނަގާ ޢަޒުމަކަށް ވާންވީ ގޮތް ހުސްވެ، މައިދާން ދޫކޮށް ދާ މީހަކަށް ނުވާން: ރައީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ. -- ފޮޓޯ | ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ މީހެއްގެ ވެސް ޢަޒުމަކަށް ވާންވީ، އެ މީހެއްގެ ހަޔާތުގައި، އެ މީހެއްގެ ފަރާތުން އަނެކުންނަށް ކަމެއް ކޮށްދިނުމުގަޔާ އެ މީހެއްގެ ފަރާތުން މުޖުތަމަޢަށް ކަމެއް ކޮށްދިނުމަށް، އަދި އެ މީހެއްގެ ފަރާތުން ޤައުމަށް ކަމެއް ކޮށްދިނުމުގެ ޢަޒުމުގައި މަސައްކަތް ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މަޖީދިއްޔާ ސްކޫލަށް 100 އަހަރު ފުރުން ފާހަގަކުރުމާ ހަމައަށް 1000 ދުވަސް ގުނަން ފެށުމަށް ތައްޔާރުކޮށްފައިވާ ’ސައްތަވީ ބިނާ‘ އިފްތިތާހުކުރުމަށް ރޭ އެ ސްކޫލުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެ މޮޓޯއާ އެއްގޮތަށް ކޮންމެ މީހަކުވެސް މަސައްކަތް ކުރުމަށް ޢަޒުމު ކަނޑައަޅަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އޭރުން އެ ކާމިޔާބީ އޮންނާނީ ދާދި ގާތުގައި ކަމަށެވެ. އަދި އެގޮތަށް މަސައްކަތް ކުރުމުން، ޤައުމުގައި ހުރި ބޮޑެތި މައްސަލަތައް ވެސް ހައްލުކުރެވޭނެ ކަމަަށާ ތަޢުލީމީ ހަޔާތާ ތަޢުލީމީ ނިޒާމު ވަރުގަދަ ކުރެވޭނީ ވެސް އޭރުން ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.

އެހެންވީމާ، ވަރުގަދަ ޢަޒުމެއްގައި ނުގުޑާފަދަ ޢަޒުމެއްގައި ކަންތައްތަކެއް ކުރަން ނުކުމެއްޖިއްޔާ، ނުކުތީމަ ގިނަ ކަންތައްތަކެއް ހާސިލުކުރެވޭނެ ކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ ކޮންމެ މީހެއްގެވެސް ހިތުގެ ޢަޒުމަކަށް، ހިތުގައި ބިންވަޅު ނަގާ ޢަޒުމަކަށް ވާންވީ މި ޢަޒުމް ކަމަށެވެ.

ތިމަންނަ ކުރަން އޮތް ކަންތައްތަކުގައި ފަހަތަކަށް ނުޖެހޭނަމޭ. ތިމަންނަ ނުވާނަމޭ، ގޮތް ހުސްވެގެން މައިދާން ދޫކޮށްލާފައި ދާ މީހަކަށް. އެއާ ޚިލާފަށް، ކުރިމަތިވާ ހުރިހާ ޗެލެންޖްތަކަކަށް ކުރިމަތިލައިގެން، ހުރިހާ ހުރަސްތަކެއް ގިރާކުރުމުގެ ޢަޒުމުގައި ކުރިއަށްދާށޭ ތިމަންނަ މިހުރީ. މުޅި ސައިކީ ބަދަލުކޮށްލަންވީ. ވިސްނުން ބަދަލުކޮށްލަންވީ.

ރައީސް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކު، އެ މީހެއްގެ ހަޔާތުގައި، އެ މީހަކު ކުރަން އޮތް ކަމެއްގައި ކުރިއަށްދިޔުމުގެ މި ޢަޒުމް ކަނޑައަޅަން ޖެހޭނެ ކަމަށެވެ. އޭރުން ކަންތައްތަކުގައި ކާމިޔާބީ ލިބޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މަޖީދިއްޔާ ސްކޫލުގެ އަހަރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަޖީދިއްޔާ ސްކޫލުގެ އިމާރާތްތައް ބާވެ މަރާމާތު ކުރަންޖެހިފައިވާ ކަމަށާއި އެހެން ކަމުން ރާއްޖޭގެ ފުރަތަަމަ ސްމާޓް ކްލާސްރޫމްތަކާއެކު މަޖީދިއްޔާ ސްކޫލުގައި 40 ކްލާސްރޫމްގެ އައު އިމާރާތެއް އަޅަން ނިންމައިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަހަރު ކުރިއަށްގެންދާ ސްކޫލް މަޝްރޫއުތަކުގެ ތެރޭގައި މަޖީދިއްޔާ ސްކޫލާއި އިންވެގެން ހުރި ކުރީގެ ދަރުމަވަންތަ ސްކޫލްގައި އައު އިމާރާތް އެޅިގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: