ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑޮލަރުގެ މައްސަލަ ހައްލުކުރަން އެމްއެމްއޭއިން ހަރުދަނާ ފިޔަވަޅުތަކެއް

ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ދިމާވެފައިވާ ޑޮލަރުގެ މައްސަލައަކީ އިޤްތިޞާދީ ގޮތުން ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މައްސަލަ ހައްލުކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަން ފަށާފައެވެ.

އެމްއެމްއޭއިން އަޅާފައިވާ އެންމެ މުހިންމު އެއް ފިޔަވަޅަކީ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު ބަދަލުތަކެވެ. މި ބަދަލުތަކާ ގުޅިގެން، ބޭންކުތަކަށް ޑޮލަރު މާރުކުރަން ފެށި ފަހުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 364 މިލިއަން ޑޮލަރު ބޭންކުތަކަށް މާރުކޮށްފައިވެއެވެ. މީގެ ސަބަބުން ބޭރުފައިސާގެ އާމްދަނީގެ ގޮތުގައި ރާއްޖޭގެ ބޭންކުތަކަށް ވަންނަ ޑޮލަރުގެ އަދަދު 21 އިންސައްތައަށް އިތުރުވެފައިވެއެވެ.

އެމްއެމްއޭއަށް ލިބޭ ބޭރުފައިސާގެ އާމްދަނީގެ 90 އިންސައްތަ އެ އިދާރާއިން މެނޭޖްކުރަމުންދެއެވެ. މީގެ ތެރެއިން 60 އިންސައްތަ ބޭނުންކުރެވެނީ ސަރުކާރުގެ އެކި ބޭނުންތަކަށާއި ރިޒާވް އިތުރުކުރުމަށެވެ. މި އަހަރު ވެސް ދަރަނި އަދާކުރުމަށް 174 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވާއިރު، މިއީ ފާއިތުވި އަހަރާ އަޅާބަލާއިރު 51 އިންސައްތަ އިތުރު އަދަދެކެވެ.

އެމްއެމްއޭގެ އެންމެ މުހިންމު އެއް އަމާޒަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ވިއްކާ ޑޮލަރުގެ އަދަދު 50 ޕަސެންޓަށް އިތުރުކުރުމެވެ. މިހާރުވެސް ބޭންކުތަކުން ޓީޓީ ހެދުމަށް ބޭނުންވާ ޑޮލަރު 30 އިންސައްތައާ ހަމައަށް ފޯރުކޮށްދެމުން ގެންދެއެވެ. މިއީ ކުރިން 5 އިންސައްތައިގައި ހުރި މިންވަރަށްވުރެ ވަރަށް ބޮޑު ކުރިއެރުމެކެވެ.

އެމްއެމްއޭއަށް ގެނެވޭ ބޭރުފައިސާގެ 30 އިންސައްތަ އަނބުރާ މާކެޓް އިންޓަވެންޝަންގެ ގޮތުގައި ބޭންކުތަކަށް ފޯރުކޮށްދެމުން ގެންދެއެވެ. މި ސިޔާސަތުގެ ސަބަބުން ދަރަނި ދެއްކުމުގެ އިތުރުން ވެސް ބޭންކިންގ ނިޒާމަށް އެކަށީގެންވާ މިންވަރަކަށް ޑޮލަރު ފޯރުކޮށްދެވެއެވެ.

އެމްއެމްއޭއިން ބޭރުފައިސާ ބޭނުންކުރުމުގައި ތެލާއި ކާޑުގެ ބާވަތްތައް އެތެރެކުރުން ފަދަ ޒަރޫރީ ބޭނުންތަކަށް އިސްކަންދެއެވެ. މިފަދަ އަސާސީ ބޭނުންތަކަށް ބޭނުންވާ ޑޮލަރު ފޯރުކޮށްދިނުމަކީ އެމްއެމްއޭގެ އިސް އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެމްއެމްއޭއިން ބޭރުފައިސާގެ ސިޔާސަތަށް ގެނެސްފައިވާ ބަދަލުތަކާއި އަޅަމުންދާ ފިޔަވަޅުތަކަކީ ހަރުދަނާ އަދި ދުރު ރާސްތާގައި ނަތީޖާ ފެންނާނެ ފިޔަވަޅުތަކެކެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުވެ، ޑޮލަރުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އުންމީދުކުރެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 42%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: