ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވޯޓު އޮޅުވާލާން އުޅޭކަމުގެ ޝަކުވާ ކުރަނީ ރަށްރަށުގައި ތާއީދު ނެތުމުން: ނަޝީދުގެ ތަރުޖަމާނު

ފޮޓޯ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވޯޓު އޮޅުވާލަން އުޅޭކަމަށް މީކާއީލް ނަސީމް ތުހުމަތުކުރައްވަނީ ބައެއް ރަށްރަށުގައި އޭނާގެ މަންދޫބަކު ބަހައްޓާނެހާ ތާއީދު ވެސް ނެތުމުން ކަމަށް ވިދާޅުވެ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭން ތަރުޖަމާނު އަބްދުﷲ ވަހީދު ރައްދުދެއްވައިފިއެވެ.

ބައެއް ރަށްރަށުގައި ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ޕާޓީގެ ޖަގަހަތައް ބޭނުންކުރަން ނިންމުމާ ގުޅިގެން މީކާއިލް ވަނީ އެމްޑީޕީގެ އިންތިހާބީ ކޮމިޓީއަށް މައްސަލަ ހުށަހަޅައިފައެވެ. އެހެންވެ، އިންތިހާބުގެ އިތުބާރު ދެމެހެއްޓުމަށް އަަވަސް ފިޔަވަޅުތަކެއް އެޅުމަށް އޭނާ އެދުނެވެ.

އެކަމާ ގުޅިގެން ސަންގުން ސުވާލުކުރުމުން ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނަށް ނަޝީދުގެ ފަރާތުން ކަނޑައަޅުއްވާފައިވާ ކެމްޕެއިން މެނޭޖަރު އަބްދުﷲ ވަހީދު ވިދާޅުވީ މިފަދަ ޝަކުވާތައް ކުރަނީ ބައެއް ރަށްރަށުގައި މީކާއީލަށް އެކަށީގެންވާ ތާއީދު ނެތުމުން މަންދޫބުން އައްޔަން ނުކުރެވޭތީ ކަމަށެވެ.

ވަހީދު ވިދާޅުވީ، އެމްޑީޕީގެ އިންތިޚާބީ ނިޒާމު އޮންނަ ގޮތުން ކޮންމެ ކެންޑިޑޭޓަކަށްވެސް ވޯޓުލާ ކޮންމެ ރަށެއްގައި މަންދޫބަކު ބެހެއްޓުމުގެ ފުރުޞަތު އޮންނަ ކަމަށެވެ. އަދި މި މަންދޫބުންނަށް ވޯޓުލުމުގެ މަރުހަލާ އާއި ވޯޓު ފޮށިތައް މުޅި އިންތިޚާބު ނިމެންދެން ބެލެހެއްޓުމުގެ ފުރުޞަތު ލިބިގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ތުހުމަތުތައް ދޮގުކުރައްވަމުން ވަހީދު ވިދާޅުވީ، ހުރިހާ ކެންޑިޑޭޓުންނަށްވެސް މަންދޫބުން މެދުވެރިކޮށް ވޯޓުލާ މަރުކަޒުތައް ސުޕަވައިޒްކުރުމުގެ ހަމަހަމަ ފުރުސަތު އެބައޮތް ކަމަށެވެ. އަދި މިފަދަ ޝަކުވާތައް ކުރިމަތިވަނީ ރަށަކުން މަންދޫބަކު އައްޔަންކުރާނެހާ ތާއީދު ކެންޑިޑޭޓަކަށް ނެތުމުން ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

މީކާއީލް އިންތިޚާބީ ކޮމިޓީއަށް ހުށަހެޅި ޝަކުވާއާ ގުޅޭގޮތުން ސީދާ އެއްޗެއް ބުނަން ބޭނުންތޯ ސުވާލު ކުރުމުން، ވަހީދު ވިދާޅުވީ އެކަމާ ގުޅޭގޮތުން އިތުރު ކޮމެންޓެއް ދޭން ބޭނުންނުވާ ކަމަށެވެ. އޭނާ ވިދާޅުވީ އިންތިޚާބުގެ ކަންކަން ކުރިއަށްދަނީ ދެފުށް ފެންނަ، ހާމަކަން ބޮޑު ނިޒާމެއްގެ ތެރެއިން ކަމަށެވެ.

ދާދިފަހުން ފީއައްޔަށް ކުރެއްވި ކެމްޕޭން ދަތުރުފުޅުގައި އިދިކޮޅު ކެންޑިޑޭޓެއްގެ ސަޕޯޓަރުން، ވޯޓު ފޮއްޓަށް ގަނޑުކޮށް ވޯޓު އަޅާނެ ކަމަށް ބުނެ ދެއްކި ވާހަކަތަކެއްގެ ކަންބޮޑުވުންވެސް މީކާއީލް ވަނީ ހުށަހަޅާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: