ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މަގުމަތިކޮށް ހެދީ ރެފިއުޖީންނަށް: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު މީދޫ ޖަލްސާގައި ވާހަކަދައްކަވަނީ، ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ސަރުކާރުތަކުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުން މަގުމަތިކޮށް ހެދީ ރެފިއުޖީންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ދ. މީދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް ލިބުން ކާމިޔާބީ ފާހަގަކުރުމަށް ރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކައްކަވަމުންނެވެ.

އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވީ، އަރަބި އިސްލާމް ތައުލީމު ނައްތާލުން އެއީ ”ފަނާކުރަނިވި ފިކުރުން“ ކަންކުރި ގޮތް ކަމުގައެވެ. މިގޮތުން ބިނާކުރަނިވި ފިކުރާއި ފަނާކުރަނިވި ފިކުރާއި ހުރި ތަފާތަކީ އެއީ ކަމުގައި ރައީސް ވިދާޅުވިއެވެ.

”އެއީ ފަނާކުރަނިވި ފިކުރާއި ބިނާކުރަނިވި ފިކުރާއި ހުރި ތަފާތަކީ“ ރައީސް ޑރ. މުއިއްޒު

ރައީސް ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެވަނަ ސަރުކާރާއެކު އަރަބި އިސްލާމް ތައުލީމު ނައްތާލުމަށް، އަރަބިއްޔާ ސްކޫލް ތަޅާލައި އެތަނުގައި ކިޔަވަމުންދިޔަ ދަރިވަރުން މަގުމަތިކޮށް ރެފިއުޖީންނަށް ހެދި ކަމަށެވެ.

”އަރަބި އިސްލާމީ ތައުލީމު ނައްތާލަން އަރަބިއްޔާ ސްކޫލް ތަޅާލައި، މަގުމަތި ކުރީ ނޫންތޯ. ރެފިއުޖީން ގޮތުގައި ހެދީ އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން،“ ރައީސް ވިދާޅުވިއެވެ.

މީގެ ބަދަލުގައި މިސަރުކާރުން ގެންގުޅޭ ބިނާކުރަނިވި ފިކުރުން އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ އެތަނުގައި ސްކޫލެއް އެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން އަންނަ ދިރާސީ އަހަރު އެ ސްކޫލް ހުޅުވާ އެތަނުގައި ކިޔަވަން ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު އަރަބިއްޔާ ސްކޫލު މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހަށް ނިންމާލެވޭނެކަމަށް ތައުލީމީ ވަޒީރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ އަހަރު ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ. މަޝްރޫއުއާއި ގުޅިގެން މައުލޫމާތު ދެއްވަމުން މީގެ ކުރިން ޑރ. ޝަފީއު ވިދާޅުވީ އަރަބިއްޔާ ސްކޫލް ފައުންޑޭޝަން މިހާރު އަޅާ ނިންމާފައިވާކަމަށެވެ. މިނިސްޓްރީގެ މަގުސަދަކީ 2026 ވަނަ އަހަރު ނިމި 2027 ވަނަ އަހަރަށް އަރަބިއްޔާގެ މަސައްކަތް ވެސް ނިންމާލުންކަމަށް މިނިސްޓަރު އޭރު ވިދާޅުވިއެވެ.

އަރަބިއްޔާ ސުކޫލުގެ މަސައްކަތް ނިމޭއިރު، 40 ކްލާސްރޫމާއި، ބޭސްމެންޓްގައި އަންޑަރ ގްރައުންޑް ޕާރކިންގް ޒޯނަކާއި، ޓަރފް ދަނޑެއް ހުންނާނެއެވެ. މި ސްކޫލު އިމާރާތްކުރަނީ ޒަމާނީކޮށް، އޭސީ އަދި ސޯލާޕެނަލް ހަރުކުރެވޭނެ ގޮތަށެވެ.

އަރަބިއްޔާ ސްކޫލު އިމާރާތުގައި ރެނދުލައި ތަން ބޭނުން ނުކުރެވޭ ހާލަތަށް ދިއުމުން ބެލެނިވެރިންގެ ކަންބޮޑުވުންތަކާއެކު ދަރިވަރުންނަށް އިތުރު ގޮތެއް ހޯދައިދޭން މަސައްކަތް ފެށީ އިހުތިޖާޖުތަކާއި އެކުއެވެ. ޗާނދަނީ މަގުގައި ހުރި އަރަބިއްޔާ ސްކޫލު އިމާރާތަށް 10 އަހަރު ނުވަނީސް ރެނދުތައް ލައި، ބޭނުން ނުކުރެވޭވަރަށް ހަލާކުވުމުން އެކަމުގެ ކަންބޮޑުވުންތައް އިތުރުވެ މީޑިއާގެ ސަމާލުކަންވެސް ލިބިގެން ދިޔައެވެ. އަދި ސްކޫލު އެޅުމަށް ބިމެއް ހޯދުމަށް ކުރި އެކި މަސައްކަތްތަކާއި އެކު އެންމެ ފަހުން ނިންމީ ބާ ޖަމާލުއްދީން އިމާރާތް ތަޅާލައި އެތަނުގައި އަރަބިއްޔާ އިމާރާތް އެޅުމަށެވެ.

ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތް އެޅުމަކީ ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: