ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފެށީ ދިދަ ނެގުމުގެ ރަސްމިއްޔާތަކުން

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ފުރަތަމަ އަދި އެންމެ ގިނަ ދުވަސްވީ ސިޔާސީ ޕާޓީ އެމްޑީޕީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެމްޑީޕީއަށް 21 އަހަރު ފުރުން ފާހަގަކުރުމަށް ދިދަ ނެގުމާއެކު ކޭކު ފެޅުމުގެ ރަސްމިއްޔާތެއް ބޭއްވީ ޗާންދަނީ މަގުގައި ހުންނަ އެ ޕާޓީގެ މައި ހަރުގޭގައެވެ. އެ ރަސްމިއްޔާތުގައި ޕާޓީގެ ލީޑާޝިޕްގެ ބައެއް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އާންމު މެމްބަރުން ވެސް ރަސްމިއްޔާތުގައި ބައިވެރިވިއެވެ.

އެ ރަސްމިއްޔާތަށް ފަހު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު ވިދާޅުވީ ހަމައެކަނި ކޭކެއް ފަޅައިގެން ޕާޓީގެ އަހަރީ ދުވަސް ފާހަގަކޮށް ނިންމާލަނީ ނޫން ކަމަށާއި އަހަރީ ދުވަހުގެ ހަރަކާތްތައް މުޅި އަހަރަށް ބަހާލައިގެން ކުރިއަށް ގެންދާނެ ކަމަށެވެ. ވަހީދު ވިދާޅުވި ގޮތުގައި އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަން އެކި ރަށްރަށުގައި ވެސް މިއަދު ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

ޕާޓީގެ 21 ވަނަ އަހަރީ ދުވަހާ ގުޅިގެން ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދު އެކްސްގައި ވިދާޅުވީ، މިއަދު ދިވެހިރާއްޖެ އަނެއްކާވެސް ބޮޑު ބަދަލަކަށް މިސްރާބު ޖެހުމަކީ ދިވެހީންގެ ތަނަވަސްކަމަށް ޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ 21 ވަނަ އަހަރީ ދުވަހުގެ ހެޔޮއެދުންތައް ޕާޓީގެ ލީޑާޝިޕާއި އެންމެހާ ލޮބުވެތި މެންބަރުންނަށް ފޮނުއްވާ ކަމަށެވެ. ރާއްޖެއަށް އިސްލާހީ ސިޔާސީ ބަދަލުތަކާއި ހަގީގީ ޑިމޮކްރަސީ ހޯދައިދިނުމުގައި އެ ޕާޓީ ކުރި ބުރަ މަސައްކަތް ތާރީޚުން ފެންނަން އޮތް ކަމަށާއި އެމްޑީޕީގެ އަޒުމަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި މަސައްކަތްކުރުމުގައި ދެމިތިބުން ކަމަށް ސޯލިލް ވިދާޅުވިއެވެ.

މީގެ އިތުރުން، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ، އަސާސީ ހައްގުތަކާއި މިނިވަންކަން ކަށަވަރުކޮށްދީ، ދިވެހީންނަށް ތަނަސްކަން ހޯދައިދޭން މިއަދު ވެސް ޕާޓީ އޮތީ ނިކުމެ ކަމަށެވެ. ރައްޔިތުންގެ ކުރިއެރުމާއި ތަރައްގީ ސީދާ ގުޅިފައިވަނީ އެމްޑީޕީއަށް ކަމަށާައި، އެމްޑީޕީ އިން 2028 ވަނަ އަހަރު އަނެއްކާވެސް ދިވެހީންނަށް ހެޔޮވެރިކަމެއް ކޮށްދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. 

މިއަދު އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، ޗެއާޕާސަން ކަމަށް ވާދަކުރެއްވިއިރު ރައީސް ނަޝީދު ވައުދުވެވަޑައިގެންނެވި ގޮތަށް ”ބޮޑު ބަދަލު“ގެ ނަމުގައި ހާއްސަ އޮފީހެއް ވެސް މިހާރު ވަނީ އެމްޑީޕީގެ އެތެރޭގައި އުފައްދައިފައެވެ. އެ އޮފީހުގެ ޑިރެކްޓާ ޖެނެރަލަކީ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: