ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށަނީ

އާރްޓީއެލް ފެރީ ހިދުމަތުގައި ބޭނުންކުރާ ބޯޓުފަހަރު/ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލް ފެރީގެ ހިދުމަތް ފަށަން ވަޒީރުން މަޖިލީހުން ނިންމައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، ސަރުކާރުން އާންމުންނަށް ދެއްވާ ހިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅުއްވާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމުގެ މަގުސަދުގައި ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމައިފައެވެ.

އެގޮތުން، 2027 ވަނަ އަހަރުގެ ޖަނަވަރީ މަސް ނިމުމުގެ ކުރިން މުޅި ރާއްޖޭގައި އާރްޓީއެލް ވިއުގަ ގާއިމުކޮށް، އެ ހިދުމަތް ފެށުމަށް ޓަކައި ކުރަންޖެހޭ އެންމެހާ ކަންކަން، ހާއްސަ އިސްކަމެއް ދީގެން ކުރުމަށް ވަޒީރުންގެ މަޖިލީހުގެ އާދީއްތަ ދުވަހުގެ ޖަލްސާގައި ވަނީ ނިންމަވާފައެވެ.

މިހާރު ވެސް އެމްޓީސީސީގެ ދަށުން ހިންގާ އާރްޓީއެލް ފެރީގެ ހިދުމަތް ރާއްޖޭގެ 15 އަތޮޅެއްގައި ދަނީ ދެމުންނެވެ. މިހާތަނަށް ހިދުމަތް ފަށާފައިނުވާ އަތޮޅުތަކުގެ ތެރޭގައި، މ، ކ، އއ، އދ، އަދި ވ. އަތޮޅު ހިމެނެއެވެ.

އޭގެ އިތުރުން، މާލެ ސަރަަހައްދާއި ހަ އަތޮޅެއްގައި އާރްޓީއެލް ބަހުގެ ހިދުމަތް ދެމުންދާއިރު، މާލޭގައި އަލަށް އާރްޓީއެލްގެ ޓެކްސީ ލައިނެއްގެ ހިދުމަތް ވެސް ވަނީ ތައާރަފްކޮށްފައެވެ.

އާދީއްތަ ދުވަހު ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުންތަކުގެ ތެރޭގައި މަޝްރޫއުތައް ވިލަރެސްކުރާ ޔުނިޓުތައް ހުރިހާ މިނިސްޓްރީތަކެއްގައި ގާއިމްކުރުން ހިމެނެއެވެ. އަދި މަޝްރޫއުތައް ހިންގުމުގައި އެކިއެކި ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތަކަށް ހައްލު ހޯދުމަށް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްގައި އެކަމަށް ހާއްސަ ޓީމެއް އެކުލަވާލަން ވެސް ވަނީ ނިންމައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: