ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިމަބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފި

ހިމަބިހި ވެކްސިން ----
ޝެއާރކޮށްލާ ކަހަލަދޯ؟

ހިމެބިހި ޖެހުނު މީހުންގެ އަދަދު 121 އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު ވޭތުވެދިޔަ ހަފްތާގައި މާލެ ސަރަދުން އިތުރަށް  55 ކޭސް ވަނީ ފެނިފައެވެ. އެހެންކަމުން ޖުމްލަ ރިޕޯޓު ކޮށްފައިވާ ކޭސްތަކުގެ އަަދު 121 އަށް އަރާފައިވާއިރު މިހާތަނަށް ވެކްސިން ދެވިފައިވާ މީހުންގެ އަދަދު ވަނީ 5495 އަށް އަރައިފައެވެ.

ހިމަބިއްސަކީ ޖެހިފައިވާ އެކަކުގެ ސަބަބުން 18 މީހުންނަށް މި ބަލި ޖެހިދާނެފަދަ ބައްޔެއް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި މިހާރު ރާއްޖޭގެ ގިނަ މީހުންނަނީ ވެކްސިން ޖަހާފައިވާ މީހުން ކަމަށް ވުމުން ބަލި ޖެހިފައިވާ މީހުންނަށް މީގެ އަސަރު ކުޑަކަން ފާހަގަކޮށްފައިވެއެވެ.

ވެކްސިން ޖެހުމުގެ މަސައްކަތްތައްވެސް މިވަގުތު ކުރަމުންދާ ކަމަށާއި، އެގޮތުން ސިއްހީ ހިދުމަތްތެރިންނާއި ކުޑަކުދިންނަށް ވެކްސިން ދެމުންދާ ކަމަށް ބުނެފައިވެއެވެ. އެޗްޕީއޭއިން ބުނެފައިވަނީ ޔުނިސެފުން ކުރިން 8000 ވެކްސިން އަދި އިންޑިއާއިން 20000 ވެކްސިން ހަދިޔާކުރި ކަމަށެވެ. އެހެންނަމަވެސް ޔުނިސެފަށް އިތުރު ޑޯސްތައް ގެނައުމަށް ރިކުއެސްޓުކޮށްފައިވާ ކަމަށް އެ އޭޖެންސީން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: