ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދަ ދެނެގަތުމަށް އެމްއެމްއޭއިން ސަރވޭއެއް ހަދަނީ

ވެލާނާ އެއާޕޯޓުގެ އިންޓަނޭޝަނަލް ޓާމިނަލަށް ގިނަ ބަޔަކު ވަންނަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދަ ދެނެގަތުމަށް ޓަކައި މަރުކަޒީ ބޭންކް އެމްއެމްއޭއިން ހާއްސަ ސަރވޭއެއް ކުރިއަށް ގެންދަން ނިންމައިފިއެވެ.

އެމްއެމްއޭއިން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ ބެލެންސް އޮފް ޕޭމަަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކޮށްފައި އަންނަ ދިވެހީންނަށް އަމާޒުކޮށްގެން ”ދިވެހީން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ސަރވޭ“ގެ ނަމުގައި ސަރވޭއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.

އެ ސަރވޭ ކުރިއަށް ދާނީ މި މަހުގެ 25 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައެވެ.

އެގޮތުން، ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކުން ދެއްވަން އެމްއެމްއޭއިން އެދޭނެ މައުލޫމާތަކީ، ދަތުރުގެ މައިގަނޑު މަގުސަދު، ދަތުރުކުރި ގައުމު، ޓިކެޓުގެ ހަރަދު، ހުރުމުގެ ހަރަދު، ބޭސްފަރުވާއަށް ކުރެވުނު ހަރަދު އަދި ޖުމްލަ ގޮތެއްގައި މުޅި ދަތުރަށް ކުރެވުނު ހަރަދުގެ މައުލޫމާތެވެ.

އެމްއެމްއޭއިން ބުނެފައިވަނީ އެ ސަރވޭގައި ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު ފަދަ ޒާތީ އެއްވެސް މައުލޫމާތެއް ނުހޯދާނެ ކަމަށެވެ. އަދި އެއްކުރާ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ވެސް އެމްއެމްއޭއިން ވަނީ ދީފައެވެ.

ސަރވޭގެ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެއެވެ. އެހެންކަމުން، އެ މުއްދަތުގެ ތެރޭގައި ރާއްޖެއިން ބޭރަށް ގޮސްފައި އަންނަ ފަރާތްތަކުން ސަރވޭއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެމްއެމްއޭއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: