ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންދުގައި ހުރި މީހަކަށް ލާއިންސާނީ އަނިޔާކުރިކަމުގެ ކުށް ކުރީގެ ދެ ފުލުހެއްގެ މައްޗަށް ސާބިތެއް ނުވި

ފޮޓޯ : ދިވެހި ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންދުގައި ހުރި މީހަކަށް ލާއިންސާނީ އަނިޔާކުރިކަމުގެ ކުށް ކުރީގެ ދެ ފުލުހެެއްގެ މައްޗަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައަކީ ކުރީގެ ދެ ފުލުހުން ކަމަށްވާ ހއ. އިހަވަންދޫ، ސަމާމަންޒިލް، އަޙްމަދު ޝަޒީލް އާއި ހއ. ހޯރަފުށި، ގުލްޗަންޕާ، ޠަލާލް ރަޝީދު، 28 އެޕްރީލް 2016 ދުވަހު، 7:30 ހާއިރު، ސ. ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ ކަސްޓަޑީގައި ހުރި މީހަކު ބަންދުކޮށްފައި ހުރި ގޮޅިން އެހެން ގޮޅިއަކަށް ބަދަލުކުރަން އުޅުމުން އެ މީހާ އެކަމަށް އިންކާރުކުރުމުން، އޭނާއަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައިގައި އެޗްއާރްސީއެމްއިން ހިންގި ތަހުގީގެއްގެ މައްޗަށް ބިނާކޮށް، ޕީޖީ އޮފީހުން އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލި މައްސަލައެކެވެ.

ޕީޖީ އޮފީހުން އެންޓި ޓޯޗަރ ގާނޫނުގެ 15 ވަނަ މާއްދާއާ ހަވާލާދީ އެ ގާނޫނުގެ 23 ވަނަ މާއްދާގެ (ކ) ގެ ދަށުން އަޙްމަދު ޝަޒީލްއާއި ޠަލާލް ރަޝީދުގެ މައްޗަށް އުފުލީ ރަހުމްކުޑަ ލާއިންސާނީ އިހާނެތި އަމަލެއް ހިންގުމުގެ ކުށުގެ ދައުވާއެވެ.

ދައުލަތުން އެ ދެ މީހުންގެ މައްޗަށް އުފުލި ދައުވާގައި ވާގޮތުން ބަންދުގައި ހުރި މީހާ ގަދަކަމުން އެހެން ގޮޅިއަކަށް ބަދަލުކުރުމުގެ ތެރޭގައި، އަހުމަދު ޝަޒީލް، އެ މީހާގެ ބުރަކަށީގައި ޖަހައި ކޮއްޕާލުމަށްފަހު އަތުންނާއި ފައިން ތަޅައި އަނިޔާކޮށް އެ މީހާގެ މޫނަށް ޕެޕަރ ސްޕްރޭ ޖަހާފައިވެއެވެ. އަދި ޠަލާލް ރަޝީދު، އެ މީހާގެ ކަންފަތްމަތީގައި އާއި އަރިކަށީގައި އަތުންނާއި ފައިން ތަޅައި އަނިޔާ ކުރުމަށްފަހު އެ މީހާ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގެ މެސް ރޫމްގެ ކުރިމަތީގައި އަވީގައި ބައިންދާފައިވާކަމަށް ވެސް ދައުވާގައިވެއެވެ.

ކްރިމިނަލް ކޯޓުން މި މަހުގެ ނުވަ ވަނަ ދުވަހު ބުނެފައިވަނީ، އެ ދެ މީހުންގެ މައްޗަށް އުފުލި ރަޙުމްކުޑަ ލާއިންސާނީ އިހާނެތި އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ ޝަރީއަތުން ބެލި ބެލުމުން، ގާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ޝަރީއަތަށް ނުވާ ސާބިނުވާކަމަށެވެ.

ސިއްރުކޮށްގެން ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ ޝަރީއަތުގެ ހުކުމް އެ ކޯޓުން އާންމުކޮށްފައެއް ނުވެއެވެ. އެ މައްސަލަ ސިއްރުކުރީ މުޖުތަމައުގެ އަހުލާގީ މިންގަނޑު ހިފެހެއްޓުމުގެ ގޮތުން ކަމަށް ކޯޓުން ބުނެފައިވެއެވެ،

މީގެ ކުރިން ވެސް ހައްޔަރުކުރާ މީހުންނާއި ކަސްޓޯޑިއަލް ޖަލުތަކުގައި ބަންދުކުރާ މީހުންނަށް އަނިޔާކުރުމުގެ މައްސަލަތަކުގައި ފުލުހުން ވަޒީފާއިން ވަކިކޮށްފައިވެއެެވެ. އެގޮތުން 18 އޮގަސްޓް 2021 ގައި މާފައްނު ޕޮލިސް ސްޓޭޝަނަށް ގެންދިޔަ މީހެއްގެ ގަޔަށް ފުލުހުން ހޫނު ފެން އެޅި މައްސަލައެއްގައި ވެސް ފުލުހުންތަކެއް ވަޒީފާއިން ވަކިކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: