ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަޔާންގެ މަރުގެ މައްސަލަ: ހެކިވެރީން ހާޒިރުނުވެގެން އަޑުއެހުން ކެންސަލް!

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ފޭދޫގައި 2022ވަނަ އަހަރުގެ ފަހުކޮޅު ދެ ގޭންގެއްގެ ދެމެދުގައި ހިންގި ސިލްސިލާ މަރާމާރީތަކަށް ފަހު، އަނިޔާވެރި ގޮތަކަށް މަރާލި މުހައްމަދު ޒަޔާން މަރުގެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހަށް ތާވަލުކުރި އަޑުއެހުން ހެކިވެރިން ހާޒިރު ނުވާތީ ކެންސަލްކޮށްފިއެވެ.

މި މައްސަލައަކީ ތޫނު އެއްޗެހި ބޭނުންކޮށްގެން އިހާނެތި ގޮތަކަށް ޒަޔާންއަށް ހަމަލާދީ އޭނާ މަރާލި މައްސަލައެވެ. މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ޕްރޮސެކިއުޓަ ޖެނެރަލްގެ އޮފީހުން ބުނީ އެންމެ ފަހުން ބޭއްވި އަޑުއެހުމާ ހަމައަށް ހަތް މީހުންގެ މައްޗަށް ކުރާ ދައުވާތައް އިއްވައި، ހަތް މީހުން ވެސް ދައުވާތަކަށް ޖަވާބުދާރީވެފައިވާ ކަމަށެވެ. ހަތް މީހުން ވެސް ދައުވާތަކަށް ވަނީ އިންކާރުކޮށްފައެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ހަތަރު ކުޑަކުއްޖެއްގެ މައްޗަށް އަދި ހަތް މީހެއްގެ މައްޗަށެވެ. ކުޑަކުދިންގެ ބައި ކުރިއަށް ގެންދަނީ ޖުވެނައިލް ކޯޓުން ސިއްރުކޮށްގެންނެވެ. ދައުވާ އުފުލި ހަތް މީހުންނަކީ:

  • އަބްދުﷲ ނިޒާރު، ސ. ފޭދޭ/ ކާމަރަނގަގެގެ، 28އ.
  • އަބްދުﷲ ރަޝީދު، ސ.ފޭދޫ/ ދިރިމާގޭ، 22އ.
  • އައިލިޝް އަލީ، ސ. ފޭދޫ/ ފުފޫމާގޭ 19އ.
  • އަހުމަދު ނަބީލް، ސ. ފޭދޫ/ ސަންޝައިން، 32އ.
  • އަހުމަދު ޝުޖާއު، ސ.ފޭދޫ/ ދިރިމާގޭ، 24އ.
  • ޔައިޝް އަންވަރު، ސ.ފޭދޫ/ ކަދުރުމާގެ، 19އ.
  • އަހުމަދު އަބްދުﷲ، ސ. ފޭދޫ/ ކަރަންފޫގެ، 25އ.

އޭގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމުގެ ދައުވާ ކުރަނީ ޔައީޝް އަންވަރާއި އައިލިޝް އަލީގެ މައްޗަށެވެ. ދެން ތިބި ފަސް މީހުންގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން މީހަކު މަރާލުމަށް އެހީތެރިވުމުގެ ދައުވާ ކޮށްފައިވެއެވެ. އަދި ޖިނާއީ ކުށެއް ކުރުމުގައި ކުޑަކުއްޖަކު ބޭނުންކުރުމުގެ ދައުވާ އުފުލާފައިވެއެވެ.

ދައުވާކުރި ކުޑަކުދިންގެ ތެރެއިން އެއް ކުއްޖެއްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އަދި އަނެއް ތިން ކުދިންގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި އެހީތެރިވުމުގެ ދައުވާ އުފުލާފައިވެއެވެ. އޭގެ ތެރޭގައި 15 އަހަރުގެ ދެ ކުދިންނާއި 16 އަހަރުގެ ކުއްޖަކާއި 17 އަހަރުގެ ކުއްޖެއް ހިމެނެ އެވެ.

މި ކަން ހިނގީ ޖޫން 2، 2022، ގެ ދަންވަރުގައެވެ. އައްޑޫ ސިޓީގައި ހިނގި ސިލްސިލާ މާރާމާރީތަކެއްގައި، ޒަޔާނަށް ދިން ހަމަލާގެ ސަބަބުން މަރުވީ އޭނާއަށް ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެނގިފައިވާ ގޮތުގައި މަރުވި ޒުވާނާގެ މެއާއި ބުރަކައްޓަށް އެކި އަތުގެ އެކި ތަންތަނަށް ވަޅި ޖަހައިފައިވެއެވެ. އޭނާ މަރުވިއިރު ފަރުވާ ދެމުން ދިޔައީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ އައިސީޔޫގައެވެ.

ފުލުހުންނަށް އާއިލާއިން ރިޕޯޓުކުރުމާއެކު، ޒަޔާން ދިރިއުޅެމުން ދިޔަ ގެއަށް އެ ރޭ ދަންވަރު 3:16 ހާއިރު ފުލުހުން ވަނީ ގޮސްފައެވެ. އޭރު ގޭގެ އެއް ވަނަ ފަންގިފިލާގައި ޒަޔާން އޮތެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންނަކީ ތޫނު ހަތިޔާރު ގެންގުޅުމާއި މާރާމާރީގެ ކުށުގެ ރެކޯޑު އޮންނަ މީހުންނެވެ. އަދި މިއީ ދުރާލާ ރޭވިގެން ހިންގި ކުށެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. އޭގެ އިތުރަށް ވެސް ބަޔަކަށް ހަމަލާ ދޭން ރާވާފައި އޮތް ކަމަށާއި އެ ކަން ނާކާމިޔާބުވީ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: