ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެނަކައިގެ އޮޑިޓް: ކޮރަޕްޝަނާއި މަނީލޯންޑަރިންގެ ތަހުގީގު ހިންގަން އެދެން މަޖިލީހުން ފާސްކޮށްފި

ފެނަކަ ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫއުތަކުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ އަމަލުތައް ހިމެނޭ ކަމަށް ތުހުމަތުކުރެވޭ މައްސަލަތައް ތަހުގީގުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މި ނިންމުމަކީ ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ފާހަގަވި ކަންތައްތަކަށް ރިއާޔަތްކޮށް ނިންމި ނިންމުމެކެވެ.

ފެނަކައިގެ ހާއްސަ އޮޑިޓް ރިޕޯޓުން ހާމަވި ގޮތުގައި، ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް ގިނަ މަޝްރޫއުތަކެއް ހިންގާފައިވެއެވެ. މިގޮތުން، 77 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ނުލިބި ހުރިކަން އޮޑިޓުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން މުދާ ގަތުމާއި، ލިޔެކިޔުންތައް ފޯޖުކޮށްގެން ނުހައްގުން ފައިސާ ނަގާފައިވާކަން ވެސް އޮޑިޓުން ވަނީ ހާމަވެފައެވެ.

މި މައްސަލައިގައި އޭރުގެ ބޯޑު މެންބަރުންނާއި އިސްވެރިން ޒިންމާދާރުކުރުވުމަށް މަޖިލީހުން ވަނީ ނިންމާފައެވެ. އެގޮތުން، އެ ފަރާތްތަކުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާއި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމަށް ވަނީ ފާސްކޮށްފައެވެ.

މީގެއިތުރުން ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ އިސްލާހުކުރުމަށް ލަފާދިނުމުގެ އިތުރުން، މުވައްޒަފުންގެ އާއިލީ އެކައުންޓުތަކަށް ނުހައްގުން ފައިސާ ޖަމާވެފައިވޭތޯ ބެލުމަށް މަނީ ލޯންޑަރިންގެ ހާއްސަ ތަހުގީގެއް ހިންގުމަށް ވެސް މަޖިލީހުން ވަނީ ހުށަހަޅާފައެވެ. މިއީ ކުންފުނީގެ މާލީ ނިޒާމުގެ ތެރެއިން ހިންގާފައިވާ ނޭދެވޭ އަމަލުތައް ދެނެގަތުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މި ތަހުގީގުތައް ކުރިއަށްދާ ގޮތުގެ މައުލޫމާތު ކޮންމެ މަހަކު އެއްފަހަރު ރައްޔިތުންގެ މަޖިލީހާ ހިއްސާކުރުމަށް ވެސް ވަނީ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: