ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމަށް ރައީސް ޔާމީންގެ ރައްދު: ”އަނބިމީހާއާއެކު އޮންނަ ގާތް ގުޅުމަކީ ލަދުގަންނަ ކަމެއް ނޫން“

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ފަސްޓް ލޭޑީ ފާތިމަތު އިބްރާހިމް (މެޑަމް ފާތުން) ކުރެއްވީ ޝުކުރު ހައްގު ބޮޑެތި އިޖްތިމާއީ މަސައްކަތްތަކެއް ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެންމެފަހުން ޕީއެންސީން ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް އަބްދުﷲ ވަނީ ރައީސް ޔާމީން ހުންނެވީ އެމަނިކުފާނުގެ އަނބިކަނބަލުންގެ ދަށުވެފައި ކަމަށާއި ވެރިކަން ގެއްލުނު އެއް ސަބަބަކީ ވެސް އެއީ ކަމަށް ވިދާޅުވެ ރައީސް ޔާމީނަށް ފާޑުވިދާޅުވެފައެވެ. ރޭ ޕީއެންއެފުން ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވަނީ އެ ފާޑުކިޔުންތަކާއި ތުހުމަތުތަކަށް ރައްދުދެއްވާފައެވެ.

އެގޮތުން، ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަބްދުއްރަޙީމްއާ ދެމެދު އޮތް ގުޅުން ވެސް ރަނގަޅު ނޫންކަމަށާއި، އޭގެ ސަބަބަކީ އޭނާގެ ”ޕްރިންސް“ ނުވަތަ ދަރިކަލުން ފައިސަލް އިބްރާހިމް ޓޫރިޒަމް މިނިސްޓަރުކަމުން ދުރުކުރުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

މިފަހުން ޕީއެންސީން ބޭއްވި ޖަލްސާގައި އަބްދުއްރަޙީމް ވަނީ ރައީސް ޔާމީނުގެ އަމިއްލަފުޅު ދިރުއުޅުމާއި އަދި އަނބިކަނބަލުންނާއި ގުޅުވައިގެންވެސް ވާހަކަ ދައްކަވާފައެވެ. އެކަމަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރުގައި އަބްދުއްރަޙީމްގެ އަނބިކަނބަލުންނަށް ބޭންކް އޮފް މޯލްޑިވްސްއިން (ބީއެމްއެލް) އިން އެތަކެއް ސަތޭކަ މިލިއަން ރުފިޔާގެ ލޯނުތަކެއް ހަމަޖައްސާފައިވާ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ވިޔަސް އަދި ދަރިއަކަށްވެސް އެފަދަ ކަމެއް ކޮށްދެއްވާފައިނުވާނެ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމާއެކު އެންމެ ފުރަތަމަ ލޯނު ނެގި މީހުންގެ ތެރޭގައި އަބްދުއްރަޙީމްގެ އަނބިކަނބަލުން ހިމެނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން އަނބިދަށުވެފައި ހުރީ ކާކުތޯއާމެދު ރައީސް ޔާމީން ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން އަނބިމީހާއާއި އޮންނަ ގާތް ގުޅުމަކީ އެމަނިކުފާނު ލަދުގަންނަ ކަމެއް ނޫންކަމަށާއި އާއިލާއެއްގެ ފެށުމަކީވެސް އަނބިމީހާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

”އަބްދުއްރަޙީމްގެ އަންހެނުން މާމޮޅަށް އިމާރާތްކުރައް އެނގޭ މީހަކަށް ވާތީ ލޯނު ބޭނުންވަނީ ކަންނޭގެ. އެ ޓިނު ބޭނުންވާތީ…. އަޅުގަނޑުވެސް ވެރިކަން ކުރިން. އަޅުގަނޑެއް ނުވާނެ އަޅުގަނޑުގެ އަންހެނުންނަކަށް ބޭންކުން ލޯނު ހަމަޖައްސާދީފަކައެއް ނޯންނާނެ. އެހެންވީމާ ކާކުތޯ އަނބިދަށުވެފައި ހުރީ؟ އެހެންވީމަ އަބްދުއްރަޙީމުއަށް އެނގިލައްވާނެ ތިހެން އަނބިދަށުވާ ވާހަކަ ދައްވާއިރު އަސްލު ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ހަން ކަހާލާފައި އަޑީގައި ހުރީ ކޯޗެއްތޯ ބަލާލީމަ ރަނގަޅުވާނެ،“ ރައީސް ޔާމީން

ރައީސް ޔާމީންގެ ސަރުކާރުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ކުރެއްވީ ޝުކުރު ހައްގު ބޮޑެތި އިޖްތިމާއީ އަދި އިންސާނީ މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެ މަސައްކަތްތައް އެގޮތަށް ކުރެއްވުމުން އެ މަނިކުފާނުގެ މަސައްކަތުން ވަރަށް ބޮޑު ބައެއް ލުއިވެގެންދިޔަ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުން، އެމަނިކުފާނުގެ އަނބިކަނބަލުން އެ މަސައްކަތަށް ނުކުންނެވީ ރަސްމީ މަސައްކަތުގެ ތެރެއިން އޭރު ލިބެމުންދިޔަ އިޖްތިމާއީ މައްސަލަތަކަށް ހައްލުތައް ހޯދަދިނުމަށް ވަގުތު ހޯދަން އެ މަނިކުފާނަށް ދަތިފުޅުވުމުން، އެކަންކަން ބަލައިދިނުމަށް އެ މަނިކުފާނު އެދިވަޑައިގަތުމުން ކަމަށެވެ.

މީގެ އިތުރުން، އޭރުގެ ސަރުކާރުގައި އެންމެ ބޮޑެތި މަންފާތަކެއް ވެސް ހޯއްދެވި އެއް ބޭފުޅަކީ އަބްދުއްރަޙީމް ކަމަށާއި އެގޮތުން، ރެހެންދި-6ގެ ދެ ފްލެޓު ބައްލަވައިގަތުމަށް ފައިސާ ހޯއްދެވި ގޮތް ވެސް އެނގިވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އެ ފްލެޓުތައް ބައްލަވައިގަތުމަށް 9 މިލިއަނެއްހާ ރުފިޔާ ކުއްލިއަކަށް ހޯއްދެވީ ކޮން ގޮތަކުންތޯ ޔާމީން ސުވާލު އުފެއްދެވިއެވެ. އަދި އެ މަނިކުފާނަށް ދެވަނަ ފަހަރަށް ވެރިކަން ލިބިވަޑައިގެންފިނަމަ، އެ މައްސަލަ ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: