ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޯއްޗާއި ފްލެޓްގެ މަކަރާއި ހީލަތް: ފުލުހުން ބުނަނީ ޔަސީންގެ މައްސަލައިގެ ތަހުގީގު އަދިވެސް ދަނީ ކުރިއަށް ކަމަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ގޯއްޗާއި ފްލެޓް ދޭނެ ކަމަށް ބުނެ އެކި މީހުންގެ އަތުން ފައިސާ ނެގިކަމުގެ ތުހުމަތުގައި ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުން ވަކިކުރި މުހައްމަދު ޔަސީންގެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިއަށްދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.

ޔަސީން މަގާމުން ވަކިކުރީ މި ޖުލައި މަހުގެ ކުރީކޮޅު ކަމަށް ވާއިރު ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ފްލެޓާއި ގޯތި ދޭނެ ކަމަށް ބުނެ 8 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އެކި މީހުން އަތުން ހޯދި ކަމަށް އޭނާގެ މައްޗަށް ތުހުމަތުކުރެއެވެ.

މި މައްސަލައިގެ ތަހުގީގާއި ގުޅިގެން ސުވާލު ކުރުމުން ފުލުހުން ބުނީ އިތުރު މައުލޫމާތެއް އަދި ނެތް ކަމަށާއި މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށް ކަމަށެވެ.

މިއީ މި ސަރުކާރުގައި ޒިންމާދާރު މަގާމެއްގައި ހުރެ މީހަކު ހިންގި ކަމަށް ތުހުމަތުކުރެވޭ އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތަކުގެ ތެރެއިން އެއް ކަމަށް ވާއިރު ދިވެހި ފުލުހުން މި މައްސަލަ ތަހުގީގުކުރަމުން އަންނަނީ މަކަރާއި ހީލަތުގެ މައްސަލައެއްގެ ގޮތުގައެވެ.

ކޮރަޕްޝަންގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މިނިވަން މުއައްސަސާ، އެންޓި ކޮރަޕްޝަން ކޮމިޝަނަށް އެކަން ކޮރަޕްޝަންގެ އަމަލަކަށް ނުވާއިރު، މައްސަލަ ބެލުމުގެ އިޙްތިސާސް އޮތް ކަމަކަށް އެ ކޮމިޝަނުން ގަބޫލު ނުކުރެއެވެ. ސަބަބަކީ އޭނާ އަދާކުރި މަގާމުގެ ގޮތުން ބަޔަކަށް ފްލެޓާއި ގޯތި ދެވޭނެ ބާރު ނެތް ކަމަށް އޭސީސީއަށް ގަބޫލުކުރެވުމެވެ.

އެހެންނަމަވެސް، ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ، މަގާމުގެ ގޮތުން އޭނާއަށް ސީދާ ފްލެޓު ދެވޭނެ ބާރު ނެތަސް، އެހެން ބަޔަކާ ގުޅިގެން ނުވަތަ އެހެން ބަޔަކު މެދުވެރިކޮށް އެކަން ކުރުމުގެ ފުރުސަތު އޮތްތޯ އޭސީސީން ބަލައި ކަށަވަރުކުރަންޖެހޭ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މީގެ ކުރިން ސުވާލުކުރުމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ، ކޮރަޕްޝަނާއި ހިޔާނާތުގެ މައްސަލަތަކުގައި މި ސަރުކާރުން ގެންގުޅެނީ ’ޒީރޯ ޓޮލަރެންސް‘ ނުވަތަ އެއްވެސް މިންވަރަކަށް އެފަދަ ކަންކަމަށް ފުރުސަތު ނުދިނުމުގެ ސިޔާސަތު ކަމަށެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންގެ އިތުބާރު ނަގާލައި، އަމިއްލަ މަންފާއަށް މަސައްކަތް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: