ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެމްއޭގެ އައު އިމާރާތް ރާއްޖޭގެ އެހެން ސަރަހައްދެއްގައި ބިނާކުރުމުން މާ ފައިދާބޮޑުވާނެ: ޑރ. ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ އައު އިމާރާތް މާލެ ސަރަހައްދުގައި އެޅުމުގެ ބަދަލުގައި، އެހެން ސަރަހައްދެއްގައި ބިނާކުރުމުން މާ ފައިދާބޮޑުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ޝަމްހީދު މިހެން ވިދާޅުވީ, މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އާ އޮފީސް އިމާރާތް ހުޅުމާލޭގައި ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އަޅައިދޭނެ ބަޔަކު ހޯދަން އެ އޮތޯރިޓީން އިއުލާންކޮށްފައި ވަނިކޮށެވެ.

ޝަމްހީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ޑިޖިޓަލް ޒަމާނުގައި ހުރިހާ ކަމެއް ވެރިރަށަށް ޖަމާކުރުމުގެ ބަދަލުގައި ރާއްޖޭގެ ސަރަހައްދުތަށް އެކި ދާއިރާތަކަށް ޚާއްސަކުރަންޖެހޭ ކަމަށެވެ.

”މަރުކަޒީ ބޭންކުގެ އައު އިމާރާތް މާލެ ސަރަހައްދުގައި އެޅުމުގެ ބަދަލުގައި، އެހެން ސަރަހައްދެއްގައި ބިނާކުރުމުން މާ ފައިދާބޮޑުވާނެ. މާލެ ސަރަޙައްދަށް ހުރިހާ ހިދުމަތެއް މަރުކަޒުވެފައި އޮންނަ އޮތުން ބަދަލުވާންޖެހޭ،“ ޝަމްހީދު

އެގޮތުން އައްޑޫ ސިޓީ ރާއްޖޭގެ ”ފައިނޭންޝަލް ކެޕިޓަލް“ އަކަށް ހަދައި، މިފަދަ މުއައްސަސާތައް އެސަރަހައްދަށް ބަދަލުކުރުމުން މާލޭގެ ތޮއްޖެހުން ކުޑަވެ، އަތޮޅުތަކުގައި ބޮޑެތި މުސާރަ ލިބޭ ޕޮރޮފެޟަނަލް ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވަނީ މާލޭ ސަރަޙައްދަށް ހުރިހާ ހިދުމަތެއް މަރުކަޒުވެފައި އޮންނަ އޮތުން ބަދަލުވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އިމާރާތެއް ބިނާކުރަން ނިންމާފައި ވަނީ 8،064 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. އެ އިމާރާތުގައި އިދާރީ މަސައްކަތަށް ބޭނުންވާ ޖާގައިގެ އިތުރުން ފައިސާ ގެންގުޅުމާއި ބެލެހެއްޓުމަށް ބޭނުންވާ ހާއްސަ ތަންތަނާއި ޓްރެއިނިން އަދި ކޮންފަރެންސް ހޯލެއް ވެސް ހިމެނެއެވެ. މީގެ އިތުރުން، މާލީ އިދާރާތަކަށް ހާއްސަ އޮފީސް ޔުނިޓްތަކެއް ވެސް ހިމެނޭނެ ކަމަށް އެމްއެމްއޭ އިންވަނީ ބުނެފައެވެ.

ހުޅުމާލޭގައި އާ އިމާރާތެއް އަޅަން ނިންމާފައިވަނީ ދައުލަތުގެ ހަޒާނާގެ ރައްކާތެރިކަމާއި ބޭންކުތަކުން ފައިސާ ގެނައުމުގައި ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ބޭނުންވާ ސަލާމަތީ ކަންތައްތައް އިންތިޒާމުކުރުމަށް އެކަށީގެންވާ ޖާގައެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: