ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމުގެ ހަމަޖެހުމާއި ތަރައްގީ ދަމަހައްޓައި، އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓޭނީ ރައީސް މުއިއްޒުއާއެކު: ނައިބް ރައީސް

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމުގެ ހަމަޖެހުމާއި ތަރައްގީ ދަމަހައްޓައި އިސްލާމީ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމެހެއްޓޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒުއާއެކު ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދޭންޖެހޭ ކަމަށް ކޮންގްރެސް ޕާޓީގެ އަދި ރާއްޖޭގެ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ރަސްމީކޮށް ދެންނެވުމަށްޓަކައި ކޮންގްރެސް ޕާޓީގެ އެންމެ މަތީ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރަށް ތާއީދުކުރައްވަމުން ނައިބު ރައީސް ވިދާޅުވީ ރައީސްއަށް ދެވަނަ ދައުރެއް ދޭން ހައްގު ކަމަށާއި އެ ގަރާރަށް ތާއީދުކުރައްވަނީ ރާއްޖޭގައި އިސްލާމް ދީން ގާއިމުކުރުމަށްޓަކައި އެމަނިކުފާނު ކުރައްވަމުންގެންދަވާ ބުރަ މަސައްކަތްޕުޅުގެ ސަބަބުން ކަމަށެވެ.

ރައީސް ޑރ. މުއިއްޒަށް ތާއީދުކުރައްވާ މައިގަނޑު ސަބަބަކީ މި ގައުމުގެ ތަރައްގީ އާއި ހަމަޖެހުން އަދި ރައްކާތެރިކަން އެމަނިކުފާނު ކަށަވަރުކޮށްދެއްވާތީ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން، އިސްލާމީ މަތިވެރި ނިއުމަތް ހަދުމަފުޅުކޮށް، ހިތަށް ގެންނަވާ، ކުރިޔަށް އޮތް އަހަރުތަކުގައި އެކަން ދިވެހީންނަށް ކަށަވަރުކޮށްދެވޭނީ އިސްލާމީ ހިދާޔަތުގައި ދެމިތިބެގެންކަން އެމަނިކުފާނަށް އެނގިވަޑައިގެން އެކަމަށް ގައުމުގެ ބިންގާ އެޅުއްވުމަށްޓަކައި ޒުވާން ޖީލެއް ގާއިމުކޮށް އެތައް އަހަރުތަކަކަށް ދެމިއޮންނާނޭ ގޮތަށް ކަންކަން ބައްޓަންކުރަން ފެއްޓެވީތީކަމަށް ނައިބު ރައީސް ވިދާޅުވިއެެވެ.

”އަޅުގަނޑު މި ގަރާރަށް ތާއީދުކުރާ އެންމެ މުހިންމު އެއް ސަބަބަކީ އަޅުގަނޑުމެންގެ ލޮބުވެތި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މިގައުމުގެ ހަމަޖެހުމާއި، ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ދެމިއޮންނާނީ، އިހަކަށް ދުވަހު އަޅުގަނޑުމެން ފާހަގަކުރި 900 އެތައް އަހަރުތަކެއް ކަޑައްތުކޮށް ކުރިޔަށް މިދާ އަޅުގަނޑުމެންގެ މަތިވެރި އިސްލާމީ މި މަތިވެރި ނިއުމަތް އެމަނިކުފާނު ހަދުމަފުޅުކޮށް، ހިތަށް ގެންނަވާ، ކުރިޔަށް އޮތް އަހަރުތަކުގައި މިކަން ދިވެހިންނަށް ކަށަވަރުކޮށްދެވޭނީ އިސްލާމީ މި ހިދާޔަތުގައި އަޅުގަނޑުމެން ދެމިތިބެގެންކަން އެމަނިކުފާނަށް ޚުދު އެނގިވަޑައިގެން އެކަމަށް ގައުމުގެ ބިންގާ އެޅުއްވުމަށްޓަކައި ޒުވާން ޖީލެއް ގާއިމުކޮށް އެތައް އަހަރުތަކަކަށް ދެމިއޮންނާނޭ ގޮތަށް ކަންކަން ބައްޓަންކުރަން ފެއްޓެވީތީވެ“ ނައިބު ރައީސް

ނައިބް ރައީސް ވިދާޅުވީ، ރާއްޖޭގެ ގައުމިއްޔަތެއް އާލާކުރައްވާ ސަގާފަތާއި އާދަކާދަތަކެއް އޮތްކަން ގަބޫލުކުރައްވާ ގައުމިއްޔަތެއް އާލާކުރެއްވުމުގެ ނަމުގައި ގިނަގުނަ މަސައްކަތްތަކެއް ރައީސް ޑރ. މުއިއްޒު ފައްޓަވާފައިވާ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވި ގޮތުގައި ގައުމުގެ ހަމަޖެހުމާއި ތަރައްގީ އަދި ރައްކާތެރިކަން ކަށަވަރުކޮށް، ގައުމު މިނިވަންކަމާއެކީ އިސްލާމީ ދައުލަތެއް ގާއިމުކޮށް ކުރިޔަށް ގެންދެވޭނީ އަދި މިނިވަންކަމާއެކީ ވާހަކަދެއްކުމުގެ ފުރުސަތުވެސް ލިބޭނީ އަދިވެސް ރައީސް ޑރ. މުއިއްޒު ވެރިޔަކަށް އިންތިހާބުކޮށްގެންނެވެ.

އިސްލާމީ ދައުލަތެއްގެ އެންމެ މަތިވެރި ހިދާޔަތަކީ މާތްވެގެންވާ އިސްލާމް ދީން ކަމަށާއި އެ ތަނބުތައް ގާއިމްކުރުމަށް ރައީސް ޑރ. މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވާ އެ މަސައްކަތްތަކަށް ފުރިހަމައަށް ތާއީދުކުރައްވާ ދެވަނަ ދައުރެއް ރައީސް ޑރ. މުއިއްޒުއަށް ދެއްވަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: