ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަ ނުކުރައްވަން ނިންމަވައިފި، ތާއީދު ކުރައްވަނީ ފައިސަލްއަށް!

ކުރީގެ ރައީސް ސާލިޙް އަދި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމް: ފޮޓޯ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

2028 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ނެރޭނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަނުކުރައްވަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ނިންމަވައިފިއެވެ.

އިތުބާރު ހުރި މަސްދަރުތަކުން ”ސަންގު“ އަށް ކަށަވަރު ކޮށްދިން ގޮތުގައި ރައީސް ސޯލިހްގެ ފުރިހަމަ ތާއީދާ އެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ނިންމަވާފައިވަނީ އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރެއްވި ފައިސަލް ނަސީމެވެ. އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ކުރިއަށް އޮތް ދުވަސްތަކުގައި ފައިސަލް ރަސްމީކޮށް އިއުލާން ކުރައްވާއިރު ރައީސް ސާލިޙް ވެސް ފައިސަލްއަށް ތާއިދު ކުރައްވާކަން އިއުލާނު ކުރައްވާނެ ކަމަށް ވަނީ ޔަގީން ކުރެވިފައެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން ޑރ. އަހުމަދު ޝަމްހީދު ވެސް ގެންދަވަނީ ކެމްޕެއިން ކުރައްވަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: