ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންގްރެސްގެ އިންވެސްޓްމަންޓް ފޯރަމްގެ ތެރެއިން 100އަށް ވުރެ ގިނަ ފުރުސަތު ކައުންސިލްތަކުން ހުށަހަޅާނެ: ރައީސް ނަޝީދު

ޗެއާޕާސަން އިންތިހާބުގެ ކެމްޕެއިނުގެ ތެރެއިން ބައްދަލުވުމެއްގައި ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2026 ވަނަ އަހަރު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން 100އަށް ވުރެ ގިނަ ފުރުސަތު ކައުންސިލްތަކުން ހުށަހަޅާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކޮންގްރެސްގެ ތެރެއިން ބާއްވާ އެ ފޯރަމްގައި ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ ފަރާތުން އެ ރަށްރަށުގައި ހުރި 100 އަށްވުރެ ގިނަ ވިޔަފާރީގެ ފުރުސަތުތައް ހުށަހަޅާނެ ކަމަށެވެ.

އެ މަޝްރޫއުތަކަކީ އެމްޑީޕީ ޕްރޮޖެކްޓް އޮފީހުގެ އެހީތެރިކަމާއެކު، މާލީގޮތުން ފައިދާހުރި އަދި ބޭންކުތައް މެދުވެރިކޮށް މާލީ އެހީތެރިކަން ހޯދޭނެ ފަދަ ގޮތަކަށް ތައްޔާރުކޮށްފައިވާ މަޝްރޫއުތަކެއް ކަމަށާއި އިންވެސްޓްމަންޓް ފުރުސަތުތައް ރާއްޖެއާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުންނަށްވެސް ހުޅުވާލެވިފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެހެންކަމުން، މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ރަޖިސްޓްރީ ކުރެއްވުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ. ކޮންގްރެސްއަށް ހާއްސަކޮށް އެމްޑީޕީން އުފައްދާފައިވާ ވެބްސައިޓުން އެކަމަށް ވަނީ ހުޅުވާލައިފައެވެ.

އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހު މާލޭ ސިޓީ ހޯލްގައި ބާއްވަން ތައްޔާރުވަމުން އަންނަ އެމްޑީޕީގެ ކޮންގްރެސްގެ ޝިއާރަކީ ”ރަށްވެހި އުފެއްދުން“ އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮތް ކައުންސިލްތަކުން އެ ރަށެއްގައި ކުރިއަށް ގެންދާނެ މަޝްރޫއުތައް ކަނޑައަޅައި، އެ މަޝްރޫއުތަކަށް އިންވެސްޓަރުން ހޯދައި ޕާޓީ މެދުވެރުކޮށް އެ މަޝްރޫއުތައް ހިންގޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކޮންގްރެސްގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވެއެވެ.

ކޮންގްރެސްގެ ކަންކަން ކުރިއަށްދާނެ ގޮތް:

  • އޮކްޓޯބަރު މަހުގެ އެއް ވަނަ ދުވަހުގެ ރޭ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނެ
  • އޮކްޓޯބަރު ދެވަނަ ދުވަހު މެންދުރުފަހުން ފެށިގެން އޮންނާނީ އިންވެސްޓްމެންޓް ފޯރަމް
  • އޮކްޓޯބަރު ތިން ވަނަ ދުވަހުގެ މެންދުރުފަހުން ފެށިގެން ރަސްމީ ކޮންގްރެސް ފެށިގެންދާނެ
  • އޮކްޓޯބަރު ތިން ވަނަ ދުވަހުގެ ރޭ އަސާސީ ގަވައިދަށް ހުށަހަޅާ އިސްލާހުތައް ފާސްކުރެވިގެންދާނެ
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: