ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީނީ މަގުގެ ތިންވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމަކާ ގާތަށް

ފޮޓޯ: އެމްޓީސީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމީނީ މަގު މަރާމާތުކުރުމުގެ މަޝްރޫއުގެ ދަށުން، ތިންވަނަ ސެގްމަންޓުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މައުލޫމާތުދޭ ގޮތުގައި އަމީނީމަގުގެ ތިންވަނަ ސެގްމަންޓުގައި މާކުތައް ޖެހުމުގެ މަސައްކަތް މިހާރު ދަނީ ނިމެމުންނެވެ. އަދި މަގު ހެދުމުގެ ތިންވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އެއްކޮށް ނިމުމުން، މަގުމަތީގެ ނިޝާންތަކާއި ޓްރެފިކް ލައިންތައް ކުރެހުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށް އެމްޓީސީސީން ވަނީ ހާމަކޮށްފައެވެ.

މި މަޝްރޫޢުގެ ދަށުން މަގުތަކުގެ ފެންވަރު ރަނގަޅުވެގެން ދިއުމަކީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބި، އަމާން އޮމާން ދަތުރުފަތުރަކަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

މި މަޝްރޫއުގެ ތިންވަނަ ސެގްމަންޓަކީ އިއްޒުއްދީން މަގުން ފެށިގެން ކޯރުކެނޑި ހިނގުމާ ދެމެދު އޮންނަ 1،924.77 އަކަމީޓަރުގެ ސަރަޙައްދެކެވެ. މި ސަރަޙައްދުގައި ކުރިން އަޅާފައިވާ ބާ ތާރުތައް ނެގުމަށްފަހު، އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމާއި، އެމްސީ-30 ޕްރައިމް ކޯޓު ޖެހުމުގެ މަރުހަލާ އެއްކޮށް ނިންމާލުމަށްފަހު މިހާރު މިވަނީ ތާރުއެޅުމުގެ މަސައްކަތް ބާރު ދުވެލީގައި ފަށާފައެވެ.

އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ތެރެއިން ސެގްމަންޓް 3 ގެ މަސައްކަތް ފަށާފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.

މި މަޝްރޫއުގެ ދަށުން މީގެ ކުރިން ވަނީ ސެގްމަންޓް 1 އަދި ސެގްމަންޓް 2 ގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ކަންމައްޗެވެ.

ތިންވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމާއެކު، ސެގްމަންޓް 4 ގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސަރަޙައްދެވެ.

އަމީނީ މަގުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ.

އަމީނީ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިދިޔަ ސަރުކާރުން ތާރުއަޅައިގެން ތަރައްގީކުރި އަމީނީމަގުގެ ބައެއް ސަރަހައްދުތަކުން ތާރުގަނޑު އުފުލި، މަގު ވަރަށް ބޮޑަށް ހަލާކުވެފައިވާތީއެވެ. ހާއްސަކޮށް އަމީނީމަގުގެ ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: