ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސް، އުއްތަމަ ފަނޑިޔާރު އަދި ވަޒީރުންގެ މުސާރައާއި އިނާޔަތް ބޮޑުކުރަން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތަކާއި ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރު އަދި ވަޒީރުންނާއި ކައުންސިލަރުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން މަޖިލީހުގެ މާލިއްުޔަތު ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓުތަކަށް މިއަދުގެ ޖަލްސާގައި ވަނީ ވޯޓަށް އަހައިފައެވެ.

މަޖިލީހުގެ ރައީސްގެ މުސާރައާއި އިނާޔަތް އަދި ވަޒީރުންގެ ކާރު އެލަވަންސް ބޮޑުކުރަން ނިންމި ނިންމުން ފާސްކޮށްފައިވަނީ، 42 މެމްބަރުންގެ ވޯޓާއެކުއެވެ. އެކަމާ ދެކޮޅަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެމްބަރުންނެވެ.

އުއްތަމަ ފަނޑިޔާރުގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރަން ފެންނަކަމަށް 40 މެމްބަރަކު ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ އެމްޑީޕީގެ 12 މެމްބަރުންނެވެ.

މާލިއްޔަތު ކޮމިޓީން ފާސްކުރި މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް: މަޖިލީހުގެ ރައީސަށް މަހަކު 22،000 ރުފިޔާގެ އެލަވަންސެއް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މި ބަދަލާއެކު އެ މަގާމުގެ މުސާރައާއި އެލަވަންސްތައް އެއްކޮށް މަހަކު 95،125 ރުފިޔާއަށް އަރާނެއެވެ.
  • އުއްތަމަ ފަނޑިޔާރު: އުއްތަމަ ފަނޑިޔާރަށް މިހާރު މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހަކު ލިބިވަޑައިގަންނަވަނީ 91،000 ރުފިޔާއެވެ. ނަމަވެސް، އުއްތަމަ ފަނޑިޔާރަށް ހާއްސަ އެލަވަންސެއްގެ ގޮތުގައި މަހަކު 4،125 ރުފިޔާ އިތުރުކޮށްފައިވާއިރު، ޖުމްލަ މުސާރަ އާއި އިނާޔަތް 95،125 ރުފިޔާއަށް އަރާނެއެވެ.
  • ވަޒީރުން: ވަޒީރުންގެ ކާރު އެލަވަންސް 17،000 ރުފިޔާއަށް ބޮޑުކުރުމަށް ވަނީ ނިންމާފައެވެ. މިހާރު ވަޒީރަކަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 58،500 ރުފިޔާ ލިބިވަޑައިގަންނަވާއިރު، މި ބަދަލާއެކު އެ އަދަދު 75،500 ރުފިޔާއަށް އިތުރުވާނެއެވެ.
  • ކައުންސިލަރުން: ކައުންސިލަރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން މަހަކު 5،000 ރުފިޔާގެ ސާވިސް އެލަވަންސެއް ހަމަޖެއްސުމަށް ވަނީ ފާސްކޮށްފައެވެ.

އެ ބަދަލުތަކުގެ ތެރެއިން އެންމެ ފުރަތަމަ މާލިއްޔަތު ކޮމިޓީއަށް ހުށަހެޅީ މަޖިލީހުގެ ރައީސާއި ވަޒީރުންނާއި ކައުންސިލަރުންގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށެވެ. ނަމަވެސް، ފަހުން އުއްތަމަ ފަނޑިޔާރުގެ މުސާރައާއި އިނާޔަތްތައް ބޮޑުކުރުމަށް ވެސް ހުށަހަޅައި ކޮމިޓީން އެގޮތަށް ފާސްކުރިއެވެ.

މާލިއްޔަތު ކޮމިޓީއަށް މި އިސްލާހުތައް ހުށަހެޅުއްވީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ފުނަދޫ ދާއިރާ ތަމްސީލުކުރައްވާ މެންބަރު މުހައްމަދު މަމްދޫހެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: