ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓު ކޮމިޓީގެ މުޤައްރިރަކަށް އަނެއްކާވެސް ނައިބުރައީސް ސަލީމް ހޮވައިފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ވަގުތީ ކޮމިޓީގެ މުޤައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް އަނެއްކާވެސް ހޮވައިފިއެވެ.

މިއީ ވިދިވިދިގެން މި މަޤާމަށް ސަލީމް އިންތިޚާބުވެވަޑައިގެންނެވި ދެވަނަ ފަހަރެވެ.

މިއަދު ބޭއްވި މި ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މުޤައްރިރަކަށް ނައިބުރައީސް ސަލީމްގެ ނަންފުޅު ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. އެ ހުށަހެޅުއްވުމަށް ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފު ތާއީދު ކުރެއްވިއިރު، ސަލީމް މުޤައްރިރަކަށް އައްޔަންކުރުމަށް ފާސްވީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާޤުންނެވެ.

މީގެއިތުރުން، ބަޖެޓު ދިރާސާކުރާ ކޮމިޓީގެ ނައިބު މުޤައްރިރަކަށް ހަމަޖައްސަވާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދެވެ.

ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން ނިންމާފައިވާ ގޮތުގައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަށް ބަހުސްކުރުމުގެ މަރުޙަލާގައި ކޮންމެ މެންބަރަކަށްވެސް ވާހަކަދެއްކެވުމަށް 15 މިނެޓުގެ ފުރުޞަތެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ބަޖެޓު ބަހުސް ކުރިއަށްދާ ވަގުތުތަކުގައި މެންބަރުން ކުރައްވާ ސުވާލުތަކަށް ޖަވާބުދެއްވުމަށާއި، ބަޖެޓާ ގުޅޭގޮތުން ތަފްސީލު ދެއްވުމަށް މާލީ ވަޒީރަށް 45 މިނެޓުގެ ވަގުތެއް ދިނުމަށްވެސް ވަނީ ނިންމަވާފައެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތަރުސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެކެވެ. މިއީ މިއަހަރަށް މަޖިލީހުން ފާސްކުރި 64.2 ބިލިޔަން ރުފިޔާގެ ބަޖެޓާއި އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ.

އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލަށް ބަލާއިރު، ދައުލަތުގެ ޖުމްލަ ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް އަންދާޒާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މި ޚަރަދުތަކުގެ ބޮޑު ބައެއް ހިއްސާކުރަނީ ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓު ޚަރަދެވެ. އެގޮތުން ރިކަރަންޓު ޚަރަދަށް 42.7 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާއިރު، ތަރައްޤީގެ އެކި މަޝްރޫޢުތައް ހިމެނޭ ކެޕިޓަލް ޚަރަދަށް ބަޖެޓުކޮށްފައިވަނީ 9.9 ބިލިޔަން ރުފިޔާއެވެ. އަދި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ޚާއްޞަކޮށްގެން 8.2 ބިލިޔަން ރުފިޔާ ވަނީ ހިމަނާފައެވެ.

ކޮމިޓީގެ މުޤައްރިރާއި ނައިބު މުޤައްރިރު ހޮވުމާއެކު، ބަޖެޓު ދިރާސާކުރުމުގެ ރަސްމީ މަސައްކަތްތައް ފެށިގެން ކުރިއަށްދާއިރު، ދައުލަތުގެ އިދާރާތަކާއި މިނިވަން މުއައްސަސާތައް ހާޒިރުކޮށް މަޝްވަރާކުރުމުގެ މަސައްކަތްތައް ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: