ފުލުހުންގެ އިންޓެލިޖެންސާއި ރ. މީދޫގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި،ރ. މީދޫ އިން މީހަކު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަޑުއްވަރިން މީދުއަށް ލޯންޗެއްގައި އަންނަ މީހަކު މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ސެޕްޓެމްބަރ މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 26 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ.
އެ ރަށު މަގުމަތިން އެމީހާ ހައްޔަރުކޮށް ބަލައިފާސްކުރި ކުރުމުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 16 ސެލޯފިންކޮޅު ފެނިފައިވާކަމައްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލަ މީދޫ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

