މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މަޖިލީހުގެ ކެންބަރުން ތިއްބަވާ އިރު ސިޔާސީ ޕާޓީތައް ވަކިވާ ގޮތަށް ތަރުތީބު ބަދަލު ކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލީހުގެ ޖަލްސާ ކުރާ މާލަމުގައި މެންބަރުން އިށީނދެ ތިއްބަވާނެ ތަރުތީބެއް ކަނޑައަޅައި ރިޕޯޓެއް އެކުލަވާލުމައް މިހާރުވަނީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާންމު ކޮމިޓީއަށްވެސް ފޮނުވާފައިވެއެވެ.
މި މިބިލް ފާސްކުރީ އާންމު ކޮމެޓީގައި ތިއްބަވާ 7 މެންބަރުންގެ ތެރެއިން ހަތަރު މެންބަރުންގެގ ވޯޓާ އެކުއެވެ..
އާންމު ކޮމިޓީން މި ގޮތަށް ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުގައި މި ކަމާ މެދު އަދި ބަހުސެއް ކުރިޔަތް ގެންގޮސްގޮތެއް ނިމޭނީ ތަޅުމުގައި ނަގާ ވޯޓުންނެވެ.
މި ބަދަލު ގެނައުމަށް އިސްލާހު ކުރަން ޖެހޭނީ މަޖިލީހުގެ ގަވާއިދެވެ.

