ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މުގައްރިރު ކަމުން އާމިރު ވަކިކުރަން ހުށަހަޅައިފި

ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގެ މުގައްރިރު ކަމުގައި ހުންނެވި ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭގެ މެންބަރު އަހުމަދު އާމިރު މުގައްރިރު ކަމުން ވަކިކުރުމަށް އެ ކޮމިޓީއަށް މައްސަލައެއް ހުށަހަޅައިފިއެވެ

ގަވާއިދު ކޮމިޓީގެ މިރޭގެ ބައްދަލުވުމުގެ އެޖެންޑާގައި ވަނީ އެ ކޮމިޓީގެ މުގައްރިރު އަހުމަދު އާމިރުގެ އިތުބާރު ނެތް ކަމަށް އެ ކޮމިޓީގެ ފަސް މެންބަރަކު ސޮއިކުރައްވައި ފޮނުވާފައިވާ މައްސަލައާ މެދު ގޮތެއް ނިންމުމެވެ.

މި ގަރާރުގައި ސޮއިކުރެއްވި މެންބަރުންނެއް އަދި ސާފެއް ނުވެއެވެ.

އަދި އާމިރުގެ އިތުބާރު ނެތް ކަމަށް ކޮމިޓީގެ ބައެއް މެންބަރުން ސޮއިކުރައްވައި ހުށަހެޅުއްވި ސަބަބެއް ވެސް ސާފެއް ނުވެއެވެ.

އެ ކޮމިޓީގެ ނައިބު މުގައްރިރަކީ މުލަކު ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ނަސީރެވެ.

އެ ކޮމިޓީގައި އެމްޑީޕީގައި ފިޔަވައި އެހެން ޕާޓީތަކުން ތިއްބަވަނީ މުގައްރިރު އާމިރުގެ އިތުރުން މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: