ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއިއެކުމާލެ އިން މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އިއްޔެގެ މެންދުރު ފަހު 13:00 ހާއިރު ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕްރޭޝަންއެއްގައި މާލޭގައި ހުންނަ ޕޯސްޓް ބިލްޑިން ކުރިމަތިން ހިފެހެއްޓި މީހަކު ބަލައި ފާސްކުރި ކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހުރި ރަބަރުގަނޑު ތަކެއް ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
މިމައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 35 އަހަރުގެ ފިރިހެނެކެވެ.
އޭނާގެ އަތުން ފެނިފައި ވަނީ ބޮޑު ދެ ރަބަރުގަނޑުގައި ހުރި މަސްތވާތަކެތި ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
ބަރުދަނަކީ ކިހައިވަރެއް ކަމެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

