ރާއްޖޭގެ ބޯޑަރު ހުޅުވި ފަހުން މިހާތަނަށް 90،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ބޯޑަރު ހުޅުވާލިފަހުން ރާއްޖެ އައިސްފައި ވަނީ 90،437 ފަތުރުވެރިންނެވެ.
މީގެތެރޭގައި ހިމެނެނީ ޖުލައިމަހު ރާއްޖެއައި 1752 ފަތުރުވެރިންނާއި، އޮގަސްޓްމަހު އައި 7628 ފަތުރުވެރިންނާއި، ސެޕްޓެމްބަރމަހު އައި 9538 ފަތުރުވެރިންގެ އިތުރުން އޮކްޓޯބަރ މަހު 21،515 ފަތުރުވެރިން އަދި އަދި މިދިޔަ މަހު 35,759 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
އަދި މި މަހުގެ ހަތްވަނަ ދުވަހު ނިޔަލަށް ރާއްޖެ އަށް ވަނީ 14،000 އަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
އެގޮތުން އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން ރަޝިއާއިން އައިސްފައިވާއިރު، ޑިސެމްބަރ 2 ވަނަ ދުވަހުގެ ނިޔަލަށް ރަޝިއާއިން 19،883 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

