މާލޭ ފަޅުގައި އޮތް ލޯންޗެއް އަޑިއަށް ގޮސް، އެ ލޯންޗު ނެގުމުގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މައުލޫމާ ލިބިފައިވަނީ މިއަދު13:45 ގައި ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މާލެ ސިޓީ ދެކުނު ފަޅުތެރޭގައި އަޅާފައި އޮތް ”ލެޓެން“ ނަމަކަށް ކިޔާ 33 ފޫޓުގެ ލޯންޗު ދިޔަވެ އަޑިޔަށް ގޮސްގެން ދިޔަ ހިއްކުމުގެ މަސައްކަތުގައި އެމްޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުން ކުރަމުންދާ ކަމަށެވެ.

