ދިވެއްސަކު ރަހީނުކޮށްގެން ފައިސާތަކެއް ފޭރިގަންނަން އުޅުމުން ސަލާމަތްވާން ވެގެން އޭނާ ތިންވަނަ ފަނގިފިލާއިން ފުންމާލައިފި އެވެ.
”ސަންގަށް“ އެގިފައިވާ ގޮތުގަަަައި އިމާރާތުން ފުންމާލި މީހާ އަށް އަނިޔާއެއް ނުލިބި ވަނީ ސަލާމަތް ވެފައެވެ.
މި ހާދިސާ ހިނގާފައި ވަނީ ރޭ 20:30 އެހާކަންހާއިރު ހެންވޭރު މާވަޑި ހޮޓާ ހުންނަ ކަސްތޫރި ގޯޅީގައި ހުރި ގެޔެއްގަ އެވެ.
އޭނާ ރަހީނު ކުރަން އުޅުނީ ހަތަރު މީހަކު ވެގެންނެވެ. އެމީހުން ވަނީ އޭނާގެ ދެފޯނާއި ވޮލެޓް ފޭރިގެންފައެވެ.
މިމައްސަލަ އާއި ގުޅިގެން އަދި ފުލުހުންގެ ބަހެއް ނުލިބެއެވެ.

