ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަމުގެ މައްސަލައެއްގައި ތިން މީހަކު ހޯދަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ވައްކަމުގެ މައްސަލައެއްގައި ފުލުހުން ތިން މީހަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނެފައިވަނީ އެ ތިން މީހުންނަކީ ވައްކަމުގެ މައްސަލައަކާ ގުޅިގެން ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ތިން މީހުން ކަމަށެވެ.

އެހެންކަމުން މި ތިން މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު (472223) ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދޭކަމަށެވެ.

މިފަހުން މާލެ ސިޓީގައި ވަނީ ވައްކަމުގެ މައްސަލަތައް އިތުރުވާން ފަށާފަ އެވެ. އެގޮތުން މާސްކް އަލައިގެން ގޭގެޔަށް ވަދެ އެކި އެއްޗެހި ވަގަސް ނަގާ އެ އެއްޗެހި ވިއްކުމަށް މާލެ ތެރޭގައި އުޅޭކަމުގެ ޝަކުވާތައް ވަނީ އިތުރުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: