ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ރެންޑަމް ސާމްޕަލް ނަގަނީ

އައްޑޫ ސިޓީ/ ފޮޓޯ: ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫސިޓީގެ ރަށްތަކުގައި ރެންޑަމް ސާމްޕަލް ނެގުމަށް ނިންމައިފިއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ އައްޑޫގައި ބަލީގެ ހާލަތު ދެނެގަތުމަށް ނަގާ ރެންޑަމް ސާމްޕަލް ނަގަން ފަށާނީ މާދަމާކަމަށެވެ.

ސާމްޕަލް ނެގުމުގައި އެންމެ އިސްކަމެއްދޭނީ އާންމު ޚިދުމަތުގައި އުޅޭ މީހުންނާއި، ޢާންމުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ތިބޭ މީހުންގެކަމަށް އެޗްއީއޯސީން ބުނެއެވެ.

އައްޑޫގައި ރެންޑަމް ސާމްޕަލް ނަގަނީ ކިހާ ޢަދަދަކަށްކަމެއް އަދި ކިހާ މުއްދަތަކަށްކަމެއް އެޗްއީއޯސީން ނުބުނެއެވެ.

އައްޑޫގައި ރެންޑަމް ސާމްޕަލް ނެގުމަށް ނިންމާފައި ވާއިރު، އެޗްއީއޯސީން ދަނީ ރާއްޖޭގެ އެހެނިހެން ރަށްތަކުގައްޔާއި ރިސޯޓްތަކުގައި ވެސް ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: