ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދުރޭ މައްޗަށް އުފުލާފައިވަނީ ކުޅޭކުޅޭ ދައުވާއެއް: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ މައްޗަށް އުފުލާފައިވަނީ ކުޅޭކުޅޭ ދައުވާއެއް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، މިއަދަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ”ރަނގަޅަށް ފިޓަށް ގޮށްސިކަން“ ހާމަވާ ދުވަހެއް ކަމަށެވެ.

އެގޮތުން ރައީސް ޔާމީންގެ ޝަރީއަތާއި އަބްދުއްރަހީމްގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށްދާކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ، އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވަނީ ކުޅޭކުޅޭ ދައުވާއެއް ކަމަށެވެ.

އަދުރޭގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކްރިމިނަލް ކޯޓުގައި ކުރީގެ ރައީސް އަބްދުالله ޔާމީންގެ މައްޗަށް ހުކުމް ކުރުން ކުރިއަށްދިޔަ ދުވަހު، އެ ސަރަހައްދުގައި ހުރެ އެ މައްސަލަ ބައްލަވާ ފަސް ފަނޑިޔާރުންނަށް ނިސްބަތްކޮށް އަޑުގަދަކުރާ ބޭނުންކޮށްގެން ހަޑިހުތުރު ބަހުން ވާހަކަ ދައްކާފައިވާތީއެވެ. އަބްދުއްރަހީމްގެ މައްޗަށް އުފުލާފައިވަނީ ހަޑިހުތުރު އެއްޗެހި ކިޔުމާއި ހަޑިހުތުރު ބަސް ބޭނުންކުރުމުގެ ދައުވާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: