ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންނާއި އިންޓަޕޯލްގެ ޑޭޓާބޭސް ގުޅާލައިފި

ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންފޮމޭޝަން މެނޭޖްމަންޓު ސިސްޓަމާއި އިންޓަޕޯލްގެ ރިއަލްޓައިމް ކްރިމިނަލް އިންފޮމޭޝަން ޑޭޓާބޭސްތަކާއި ގުޅާލައި މާލެ އާއި އަތޮޅުތެރޭގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިންޓަޕޯލްގެ ޓޭޑާބޭސްތައް ސާޗުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ފުލުހުން ބުނީ އެގޮތަށް ގުޅާލުމުން ފްރޮންޓުލައިންގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިންޓަޕޯލްގެ ޑޭޓާބޭސްގައި ހިމެނިފައިވާ މީހުންގެ މައުލޫމާތު ވަގުތުން ދެނެގަނެވި އެމީހުންނާއި މެދު އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފަސޭހަވެގެންދާނެ ކަމަށާއި ބޭރު ގައުމުތަކުގައި ކުށުގެ އަމަލުތައް ހިންގައި އެގައުމުތަކުން ފިލައިގެން އުޅޭމީހުން ދެނެގަނެ އެމީހުންނާއި ގުޅޭ މައުލޫމާތު އެގައުމުތަކަށް ހިއްސާކުރުމުގެ ފުރުސަތުވެސް ލިބޭނެ ކަމަށެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީގެ އާބާދީ އިތުރުވުމާއި، ލޯކަލް ޓޫރިޒަމް ރާއްޖެއަށް ފުޅާވަމުންދާ މިފަދަ ދަނޑިވަޅުގައި ރާއްޖޭގެ ރަށްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއެކު ވަކިން ހާއްސަ ގޮތެއްގައި ޓެރަރިޒަމްގެ ނުރައްކަލުން ސަލާމަތްވުމަށް ކުރެވޭ މަސައްކަތްތަކުގައި މިފަދަ މައުލޫމާތު ފަސޭހައިން އެނގެން ހުރުމުން ފުލުހުންގެ މަސައްކަތްތަކަށް އިތުރު ކުރިއެރުމާއި ފަސޭހަތަކެއް ލިބިގެންދާނެކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން އިންޓަޕޯލްއިން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ބައިނަލް އަގްވާމީ ގޮތުން ފުލުހުންގެ މަސައްކަތްތައް ގުޅާލައި، ގައުމުތަކުގެ މެދުގައި ހިނގާ ކުށްތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުންކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުނެއެެވެ. އެގޮތުން އިންޓަޕޯލް ޑޭޓާބޭސްއާއި ފުލުހުންގެ އިންފޮމޭޝަން ސިސްޓަމް ގުޅާލުމުގެ އެމުހިއްމު ފިޔަވަޅާއެކު ކުރިއަށް އޮތްތަނުގައި ދިވެހި ފުލުހުންނާއި ބައިނަލް އަގްވާމީ ފުލުހުންގެ އެހެން އިދާރާތަކާމެދު މައުލޫމާތު ބަދަލުކުރެވޭނެ އިތުރު ފަސޭހަ ނިޒާމެއް މިވަނީ ގާއިމުކުރެވިގެން ގޮސްފަ ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: