ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަކީ ދިޔާ މަސްތުވާތަކެތިން އުފާކުރުމަށް ގޮވާލި މީހެއް: މޮސްޓާ

ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ހިކި މަސްތުވާތަކެތީގެ ބަދަލުގައި ދިޔާ މަސްތުވާތަކެތިން ޒުވާނުން އުފާ ހޯދުމަށް ގޮވާލި މީހެއްކަމަށް ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

މާލޭ ސަރަހައްދުގައި ޒުވާނުންނަށް ޚާއްސަ މުނިފޫހިފިލުވުމުގެ މަރުކަޒެއް ގާއިމްކޮށްދިނުމަށް ގޮވާލައި އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް ހުށައަޅުއްވާފައިވާ ގަރާރުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން މެމްބަރު ނަޝީދު ވިދާޅުވީ ޒުވާނުން ހާސްކަން ފިލުވުމަށް މުނިފޫހިފިލުވުމުގެ މަރުކަޒެއް ގާއިމްކުރުމަކީ މުހިންމުކަމެއް ނޫން ކަމަށެވެ. އަދި އުތެމަ އާއި އެމްޑީއެންގެ ރިޕޯޓުގައި ހިމަނާފައިވާ ކަންކަމުގެ އަމަލީ މަސައްކަތް ފެށިގެން މިދަނީ މަޖިލީހުގެ ތެރެއިންކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެއްވެސް އިރެއްގައި ޒުވާނުނަށް ހެޔޮ އެދިގެން މަސައްކަތް ކުރާ ޕާޓީއެއް ނޫން ކަމަށެވެ. އެމްޑީޕީއިން އަބަދުވެސް ބޭނުންވަނީ ދައުލަތަށް ބަރޯސާވާ ބައެއްގެ ގޮތުގައި ހަލާކުކޮށްލުމަށްކަމަށް ނަޝިދު ވިދާޅުވިއެވެ. އަދި މިއީ ޒުވާނުން މަގު ފުރެއްދުމުގެ ބޭނުމުގައި ހުށައަޅާފައިވާ ގަރާރެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޒުވާނުން ބޯހާސްކަން ފިލުވުމަށް ކޮންމެހެން ލަވަޔާއި މިޔުޒިކްގެ ތެރެއަށް ދާން ނުޖެހޭ ކަމަށާއި މާލޭގައި މިހާރުވެސް އަށާވީހެއްހާ މިސްކިތް އެބަހުރިކަމަށް ވިދާޅުވިއެވެ. ގިނަ މިސްކިތްތަކުގައި ދަރުސްވެސް ދެމުންދާ ކަމަށާއި ޒުވާނުން މުނިފޫހިފިލުވުމުގެ ކަންކަމުގައި އުޅުމުގެ ބަދަލުގައި އެކަންކަމަށް ލޯބިޖެއްސުން މާރަނގަޅުވާނެކަމަށް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި ގިނަ އިލްމުވެރިންގެ މެދުގައިވެސް ލަވަޔާއި މިޔުޒިކުގެ ކަންކަމުގައި ޚިޔާލު ތަފާތުވުންތައް ހުންނަ ކަމަށާއި އެހެންނަމަވެސް އެއްވެސް ފޮތެއްގައި ލަވަޔާއި މިޔުޒިކުން ސިކުނޑި ހަމަޖައްސައިދޭނެކަމަށް ބުނެފައި ނެތްކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ.

”ސަލްމާން މިސްކިތް ހުޅުވަން ހުއްދަ ނުދީގެންވެސް މިއުޅެނީ އެތަނުގެ ބަދަލުގައި ތެޔޮ ބިޑި އާއި ރާ ބުއިމަށް ހުއްދަ ދިނުމަށްހެން ހީވަނީ“ ނޮޅިވަރަމް ދާއިރާގެ މެމްބަރު

މީގެ އިތުރަށް މެމްބަރު ނަޝީދު ވިދާޅުވީ، މުނިފޫހިފިލުވުމުގެ މަރުކަޒެއްގެ ބޭނުމަކީ ލާދީނީ ފިކުރާއި އަނދިރި ދައުލަތެއްގެ ތެރެއިން ޒުވާނުން ހަލާކުކުރުމަށްކަމަށް މެމްބަރު ނަޝީދު ވިދާޅުވިއެވެ. އަދި މިގަރާރުގެ ބޭނުމަކީ އަބަދާއި އަބަދު މަސްތީ ދުނިޔެއެއްގައި ޒުވާނުން ގެންގުޅެ ޒުވާނުން ހަލާކުކުރުންކަމަށް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުގެ ފަރާތުން މިގަރާރު ހުށައެޅުއްވީ އެމްޑީޕީގެ ޗެއަރޕަރސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ. މެމްބަރު ހަސަން ލަތީފްގެ ގަރާރުގައި ވަނީ މާލޭގައި ދިރިއުޅޭ ޒުވާނުންނަށް ފަސޭހަކަމާއެކު މިޔުޒިކް އަޑުއަހާލައި، އެކުވެރީންނާ ބައްދަލުކޮށްލައި، ހާސްކަމުން ބޭރުގައި އުފާވެރި މާހައުލެއްގައި ހީސަމާސާކޮށް މަޖާކޮށްލައި، އެއްވެ ތިބެވޭނޭ ފަދަ މަރުކަޒެއް މާލޭގައި ގާއިމުކޮށްދިނުމަށް ގޮވާލާފައެވެ. އަދި އެމަރުކަޒަކީ ޒުވާނުންގެ މިޔުޒިކުގެ ފަންނު އިތުރަށް ތަރައްގީކުރުމުގެ ވަސީލަތަކަށް ހެދުމަށް ސަރުކާރުން ކުރެވެންހުރި ކަންކަން ކޮށްދިނުމަށް ވެސް ވަނީ ގޮވާލާފައެވެ.

ގަރާރުގައި ވަނީ މާލޭގައި އުޅެމުންދާ ޒުވާނުން ސިކުނޑީގެ ހާސްކަން ފިލުވާލުމަށް ދާނެ މާގިނަ ތަންތަން ނޫންކަން ފާހަގަކޮށްފައެވެ. އަދި މިކަމުގެ ސަބަބުން އެތައް އިޖްތިމާއީ މައްސަލަތަކެއް ފެންމަތިވަމުންދާކަން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: