ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ 20:00 ގައި ސިފައިންގެ ކޯޕަރޭޓީވް ”ސިފްކޯ“ އިން ވިޔަފާރި އުސޫލުން އަމިއްލަ ފަރާތަކަށް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަވާ އަރުވައިދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ފަސް މިނެޓަށް ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ސިފްކޯ އިން މީގެކުރިން ވެސް އަމިއްލަ ފަރާތްތަކަށް ވިޔަފާރީގެ އުސޫލުން ހަވާ އަރުވާދީފައިވެއެވެ.

