ލޯންޗަކާއި މަސް ދޯންޏެއް ޖެހި ތިން މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ވިލިނގިލީ ފަޅުތެރޭގައެވެ.
މި ހާދިސާގައި އެންމެ ބޮޑުވަރު ވެފައިވަނީ ލޯންޗުގައި ހުރި ޒުވާނަކަށް ކަމަށް މައުލޫމާތު ލިބެއެވެ.
އެ ތިން މީހުންނަށް ގއ.ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުން އަންނައިރު، އެމީހުން މާލެ ފޮނުވުމަށް މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

