ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭސީސީގެ ރައީސް މަޤާމުން ވަކިކުރަން އެމްޑީޕީ ޕީޖީގެ ތާއީދެއް ނުލިބުނު!

އޭސީސީގެ ފަރާތުން ނޫސްވެރިންނަށް މައުލޫމާތު ދިން ބައްދަލުވުމުވުގައި ކޮމިޝަންގެ ރައީސް، މަރިޔަމް ޝިއުނާ -- ސަން ފޮޓޯ/ ފަޔާޒުމޫސާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާ މަޤާމުން ދުރުކުރަން ނުފެންނަކަމަށް އެމްޑީޕީ ޕާލިމެންޓަރީ ގްރޫޕުން ނިންމައިފި އެވެ.

ޕީޖީން އެގޮތަށް ނިންމީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް މަރިޔަމް ޝިއުނާގެ މަޤާމުން ދުރުކުރުމަށް ހުށަހެޅުނު މައްސަލާގައި މެމްބަރުންގެ ތާއީދު ނުލިބުމުންނެވެ. ޝިއުނާގެ މަޤާމުން ދުރުކުރުމަށް ފެންނަކަމަށް ވޯޓުދެއްވީ ޕީޖީ އެންމެ 13 މެމްބަރަކު އެވެ.

ޝިއުނާ މަޤާމުން ދުރުކުރުމަށް ޕީޖީއަށް ހުށެހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު (ހަސަންޓޭ) އެވެ. ޝައުނާ މަޤާމުން ދުރުކުރުމަށް ރައީސް ނަޝީދުވެސް އިއްޔެ ގޮވާލެއްވި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ގެނައުމަށް އެއްބަސްވި ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކުރީގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން ހިމެނޭ ގޮތަށް 11 މީހެއްގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުން ޕީޖީން ވަނީ އެ މައްސަލައިގައި ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ބުނެ ދައުވާ ނުކުރުމަށް ނިންމާފައެވެ.

އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު އިތުރަށް އެ މައްސަލަބަލާ ދައުވާކުރުމަށް ލަފާ ދިނެއެވެ. އެގޮތުގެ މަތިން އޭސީސީން އިތުރަށް އެ މައްސަލަ ބެލުމަށްފަހު ވެސް ޕީޖީ އަށް ފޮނުވުމުން ޕީޖީ ނިންމަވާފައިވަނީ މައްސަލައިގައި ދައުވާ ނުކުރަމަށެވެ.

ޕީޖީ ވިދާޅުވެފައިވަނީ އޭސީސީގެ ތަހުގީގުން މީހެއްގެ މައްޗަށް ދައުވާއެއް ކުރެވޭވަރަށް އުންސުރު ހަމަނުވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަންނި ހާދަ ނިކަމެތިކޮށްލައިފިއޭ ދޯ؟ މާބޮޑަށް ޕޮޕިއުލާރިޓީ ނުދަނީސް ސިޔާސީ މަސައްކަތުން އެއްފަރާތްވެލަން ފެނޭ. އެހެންނޫނީ މައުމޫނާ އެއްވަރުވެ، ވަހީދަށްވުރެ ފަހަތަށް ސޮއްސާލަފާނެ ދޯ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: