ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓަށްފަހު ފިލި މީހާ ފުލުހުން ހޯދައިފި

އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވީ އޭޑީކޭގައި ފަރުވާދެމުންދަނިކޮށް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި މިދިޔަ ބުދަ ދުވަހުގެ ރޭ ހިނގަިދިޔަ އެކްސިޑެންޓުގައި ސައިކަލު ދުއްވަން އިން މީހާގެ މައުލޫމާތު ހޯދިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ގަލޮޅު ހުވަފެނީ ގޯޅީގައި ހިނގައިދިޔަ މި އެކްސިޑެންޓުގައި ސައިކަލު ފަަހަތުގައި އިން 22 އަހަރުގެ އިސްމާއިލް ޔަޒްދާން ވަނީ ހަމަ އެ ރޭ ނިޔާވެފައެވެ. އޭޑީކޭ ހޮސްޕިޓަލުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. މި ހާދިސާގައި ސައިކަލު ދުއްވަން އިން މީހާ ވަނީ މަަޑުނުކޮށް ފިލާފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓަށްފަހު މަޑުނުކޮށް ފިލި މީހާގެ މައުލޫމާތު ހޯދިފައިވާ ކަމަށާއި މައްސަލައާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ މަަސައްކަތް ފުލުހުން ކުރަމުން ދާ ކަމަށެވެ.

 

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: