ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލާސްޓިކް ތަކެތި އެތެރެކުރުން މަނާކުރާ ގަވައިދަށް އަމަލުކުރަން ފަށައިފި

ޕްލާސްޓިކް ކުނިތަކެއް ޖަމާވެފައި. މޫދަށް ކުނި އެޅުމަކީ އެންމެ އާންމުކޮށް ކުރާ ތިމާވެއްޓަށް ގެއްލުންދޭ ކުށް
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލު ކުރަން މިއަދު ފަށައިފިއެވެ.

މިނިސްޓްރީ އޮފް އެންވައިރަމެންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ މިއަދުން ފެށިގެންް އެއްފަަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކް އެތެރެކުރުން މަނާކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހަށް އަމަލުކުރަން ފަށާފައިވާ ކަމަށެވެ.

އެގޮތުން އެ މިނިސްޓްރީ އިން ބުނެފައިވަނީ، މިއަދު އަމަލު ކުރަން މި ފެށުނު  އިސްލާހް ވެގެންދާނީ ރާއްޖެއިން އެެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކްގެ ތަކެތި ބޭނުންކުރުން ހުއްޓާލުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅަކަށް ކަމަށެވެ.

އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ ދަށުން ރާއްޖެ އެތެރުކުރުން މަނާކުރާނެ 12 ބާވަތެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 30 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: