ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒަހަމްތަކަކާ އެކު މާލޭ މަގުމަތީ އޮތް މީހަކު ފެނިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މަގެއްގެ މަތީގައި ޒަހަމްތަކަކާއެކު އޮތް ފިރިހެނަކު ފެނިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ބުނީ ޒަހަމްތަކަކާ އެކު މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިފައި ވަނީ މާފަންނު ބިސްބިރު ކައިރިންނެވެ.

އެމީހާ އެތަނުގައި އޮތް ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ރޭ 11:11 ގައި ކަމަށާއި އެމީހާ ނަގައިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންދިޔަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޭނާ ޒަހަމްތަކަކާއިއެކު އޮއްވާ ފެނިގެން އާއްމުންގެ ބަޔަކު ވަނީ އައިޖީއެމްއެޗްއަށް އޭނާ ގެންގޮސްފައެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: