ގދ. ދެއްވަދޫ ކައިރިއަށް އެން ދަމަން ފޭބި މީހަކު ހާލު ދެރަވެގެން މަރުވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.
އެގޮތުން އެމީހާ ދެއްވަދޫ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު 4:40 ހާއިރު ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

