ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއިން 228 ހެކްޓަރުގެ ބިން ހިއްކުމަށް ބިޑަށް ހުޅުވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫ ސިޓީގެ ރަށްތަކުގެ ރައްޔިތުންގެ ރެޒިޑެންޝަލް ބޭނުންތަކަށްވެސް ބިން އެލޮކޭޓް ކުރެވޭނެެހެން، 228 ހެކްޓަރުގެ ބިމުގެ އޭރިއާއެއް އުފެއްދުމަށް ހިންގާ ބިންހިކުމުގެ މަޝްއޫއަށް ބިޑް ހުށަހެޅުމަށް ހުޅުވާލައިފި އެވެ.

އައްޑޫގެ ގުދުރަތީ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގޮތުން، 228 ހެކްޓަރުގެ ބިމުގެ އޭރިއާއެއް އުފެއްދޭނެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ’ވަން-އޮފް‘ މަޝްރޫއުއެއް ގޮތަށް، ”އައްޑޫ ރެކަމޭޝަން ޕްރޮޖެކްޓް އަންޑާ ދަ އައްޑޫ ޑިވެލޮޕްމެންޓް ޕްރޮޖެކްޓް (އޭޑީޕީ)“ ނަމުގައި ކުރިއަށްދާ އެ މަޝްރޫއުއަށް ފިނޭންސް ގެ ފަރާތުން ހުޅުވާލައިފާވާ ޓެންޑަރަށް ބިޑް ހުށައެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 15ވަނަ ދުވަހެވެ.

އަދި ބިޑް ހުށައެޅުމުގެ ފަހު ތާރީހަށް ފަހު 4-5 ހަފްތާގެ ތެރޭގައި ކޮންޓްރެކްޓް ހަވާލުކުރެވޭނެ ކަމަށްވެސް ބުނެއެވެ.

މިމަޝްރޫޢަކީ އިންޑިއަން އެގްޒިމް ބޭންކުގެ 800 މިލިއަން އެމެރިކާ ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީގެ ދަށުން ކުރިޔަށް ގެންދާ މަޝްރޫޢެކެވެ.

މި މަޝްރޫއުގެ ލަފާކުރެވޭ އަގަކީ 70-75 މިލިއަން ޑޮލަރުގެ ދެމެދުގެ އަދަދެއް ކަމަށްވާއިރު މަޝްރޫއުގެ މަސައްކަތް 24 މަސްދުވަހުގެ ތެރޭގައި ފުރިހަމަކުރެވޭނެކަމަށް ބެލެވޭ ކަމަށް ހައިކޮމިޝަނުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: