ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާއަކީ ޕާޓީ ފުނޑު ފުނޑު ކޮށްލަން ދިން ހަމަލާއެއް: އެމްޑީޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައިސް މުހައްމަދު ނަޝީދަސް އަމާޒުކޮށްދިން ބޮމުގެ ހަމަލާއަކީ އެމްޑީޕީގެ ފިކުރަށް ދިން ހަމަލާއެއްކަމަށް އެޕާޓީން ބުނެފިއެވެ.

އެމްޑީޕީގެ 16 ވަނަ އަހަރީ ދުވަހާ ގުޅިގެން، އެޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ޕާޓީގެ އަހަރީ ދުވަސް ފާހަގަކުރަން ޖެހިފައިވާ މި ދަނޑިވަޅަކީ އެ ޕާޓީގެ ރައީސް، ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި، އެމަނިކުފާނުގެ ފުރާނަފުޅު ކިރިޔާ ސަލާމަތްވެ، ޒަހަމްކޮށްލާފައިވާ ވަގުތެއްގައި ކަމަށެވެ. އަދި އެކަމުގެ ސަބަބުން ޕާޓީގެ އެންމެހައި މެމްބަރުންގެ އިތުރުން ޕާޓީއަށް ތާއީދުކުރާ އެންމެހައި ފަރާތްތަކަށް ބޮޑު ސިހުމަކާއި، ހިތާމައެއް ލިބިފައިވާ ކަމަށެވެ.

”ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ފަދައިން މި ފިކުރަކީ މި ގައުމުން އަލުން ފޮހެލެވޭނޭ ފިކުރެއް ނޫން. އެމް.ޑީ.ޕީ އަކީ ދިވެހިންނަށް ސިޔާސީ، އިޖްތިމާއީ، އިގްތިސާދީ އަދި ފަރުދީ މިނިވަން ކަމާއި، އިންސާނީ ހައްގުތަކާއި، އިންސާފު ހޯދައިދިނުމުގެ މައްޗަށް ބިނާވެގެން ވަކާލާތުކުރާ ފިކުރެއް. އަދި މިއީ ގިނަ ޕާރޓީ އެކުލެވޭ ޑިމޮކްރެސީގެ ހަޔާތް ދިވެހިރާއްޖޭގައި ފެށުމުގެ އަސްލު“ އެމްޑީޕީން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ދިން  ޓެރަރިސްޓް ޙަމަލާއަކީ އެމަނިކުފާނު އަވަހާރަކޮށްލުމުގެ އިތުރުން، އެމްޑީޕީގެ ފިކުރަށާއި، އެ ޕާޓީ ބިނާވެފައިވާ އަސްލުތަކަށާއި، ނުގުޑާ އަޒުމަށާއި، ހިތްވަރަށް ދިން ހަމަލާއެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް އެމްޑީޕީން ބުނީ، އެ ޕާޓީގެ އަޒުމާއި، ހިތްވަރާއި، ސާބިތުކަމަށް ގުޑުން ގެނައުމަށްޓަކައި ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހު ވެސް، އެމަނިކުފާނާއި އެކު،  ޕާޓީގެ ބިނާވެގެންވާ އަސްލުތައް ނަގަހައްޓައި ކުރިއެރުވުމުގައި އެ ޕާޓީ ދެމި އޮންނާނެ ކަމަށެވެ.

މީގެއިތުރުން އެމްޑީޕީން ބުނީ، އެ ޕާޓީން ދިވެހިންނަށް ހޯދައިދީފައިވާ ކާމިޔާބީ އާއި ކުރިއެރުންތަކުގެ ސަބަބުން ރައްޔިތުންގެ އުންމީދާ އެންމެ ބޮޑަށް ގުޅިފައިވަނީ އެ ޕާޓީ ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތީ ކުރިން އެމްޑީޕީއިން ކުރި ކަންކަމުގެ ވާހަކަ ތިދައްކަނީ އަދިވެސް. އޭރު އަހަރެމެން ނުލާހިކު ތާއީދުވެސް ކުރިން. މިހާރު އެމްޑީޕީ ސިފަ ވަނީ ކުރާނެ ނުކުރާނެ ކަމެއް ނޭގިގެންގޮސް އެންމެ ފަހުން އިންޑިޔާގެ މުށުތެރެއަށް ގައުމުލައި އަހަރެމެންނަށް ހައްގު މިންވަރަކީ އިންޑިޔާ މީހުންގެ ފައިބުޑަށް ވެއްޓުން ކަމަށް ހަދައިގެން އުޅޭ ބަޔަކާ. އެމްޑީޕީއަށް ކިތަންމެ ތާއިދު ކުރިޔަސް އިންޑިޔާގެ އަތްދަށަށް ގައުމު ދުއްވާލާކަށް އިތުރަކަށް އެމްޑީޕީއަށް ވޯޓެއް ދެން ނުދޭނަން. ހަމަ ގައިމުވެސް ދެން އިންތިހާބެއްގައި އެމްޑީޕީއަށް ކުރިން އިންތިހާބުތަކުގައި ލިބުނު ވޯޓުން އެއް ވޯޓު މަދުވާނެ. އެއީ މަގޭ ވޯޓް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: