ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ކަސްޓަމާ ސާވިސް ކައުންޓަރުތައް ހުޅުވަނީ

މާލެ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) ގެ ހިދުމަތްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދުން ފެށިގެން އެމްޑަބްލިޔުއެސްސީގެ ކަސްޓަމަރ ސާވިސް ކައުންޓަރުތައް ޢާންމުކޮށް ހުޅުވާލަން ނިންމައިފި އެވެ.

އެ ކުންފުނިން ބުނީ މާލޭ ކައުންޓަރުތައް ހެނދުނު 8:30 އިން ހަވީރު 4:00 އަށް އަދި ހުޅުމާލެ ކައުންޓަރުތައް ހެނދުނު 8:30 އިން ހަވީރު 4:00 އަށް ހުޅުވާނެ ކަމަށެވެ. އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:30 އިން ހަވީރު 3:00 އަށް ކަމަށެވެ.

އެ ކުންފުނީގެ ހުރިހާ އޮންލައިން ހިދުމަތެއް ހަފުތާގެ ކޮންމެ ދުވަހަކު 24 ގަޑިއިރު ލިބޭނެ ކަމަށާއި އެ ކުންފުނީގެ ބިލް ކަލެކްޝަން އައުޓްލެޓުތަކުން ބިލަށް ފައިސާ ދެއްކުމުގެ ހިދުމަތް ކުރިއެކޭވެސް އެއްގޮތަށް ލިބޭނެކަަމަށް ވެސް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.

އެ ކުންފުނިން އިތުރަށް ބުނީ, އެމަޖެންސީތަކަށް ހޮޓްލައިން ނަންބަރު 105ގެ ހިދުމަތް އަދި އާންމު މައުލޫމާތު ހޯދުމަށް 3323209 ގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: