ތ.އަތޮޅުގެ ފެނަކަ ކޯޕަރޭޝަންގައި ހިމެނޭ ބްރާންޗުތަކުގެ މުވައްޒަފުންނަށް ޓެކްނިކަލް ޓްރެއިނިންގ ޕްރޮގްރާމެއް ހިންގައިފި އެވެ.
ޕްރޮގްރާމާއި ބެހޭ މައުލޫމާތުތައް ހިއްސާކޮށް ފެނަކައިން ބުނީ، ކުންފުނީގެ ތ. އަތޮޅުގެ ހުރިހާ ބްރާންޗުތަކުގެ މުވައްޒަފުންނަށް މެކޭނިކަލްއާއި، އިލެކްޓްރިކަލް ޓްރެއިނިންގ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ފެނަކައިން ތ. އަތޮޅުގެ ޕްރޮގްރާމް ކުރިޔަށް ގެންދިޔައީ ތިމަރަފުށީގަ އެވެ. މި ޕްރޮގްރާމުގައި 28 މުވައްޒަފުން ބައިވެރިވި އެވެ.
ދެ ދުވަހަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މި ކާމިޔާބު ޕްރޮގްރާމަށް ފަހު ފެނަކައިން މިހާރު މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީ، އަދި ފުވައްމުލައް ސިޓީގައި ވެސް މި ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށެވެ.

