ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ފުލުހުންގެ އޮޕަރޭޝަނަށް ކޮމާންޑަރުން ކަނޑައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހު 1 އިން 18 އަށް މާލޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުންހެ ސެންޓްރަލް ޕޮލިސިންގ ކޮމާންޑުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނުގެ ކޮމާންޑަރުން ކަނޑައަޅައިފިއެވެ.

ފުލުހުން ބުނީ، ސާފް ޗެމްޕިއަންޝިޕްގެ ސެކިއުރިޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާން ކަމަށާއި ޑެޕިއުޓީ ކޮމާންޑަރަކަށް ކަނޑައަޅާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްމަތީން ޢަބްދުލްކަރީމް ކަމަށެވެ.

އޭގެ އިތުރުން، ފީލްޑް ކޮމާންޑަރުންގެ ގޮތުގައި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޞަބާޙާއި، އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ލުތުފީގެ އިތުރުން އިންސްޕެކްޓަރ އޮފް ޕޮލިސް ސައީދު ޢަބްދުލްހަކީމް ވަނީ ކަނޑައަޅާފައެވެ.

ފުލުހުން ބުނީ ސާފް ޗެމްޕިއަންޝިޕާ ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަށް އިދާރީ ގޮތުން ވާންޖެހޭ ތައްޔާރީތައް މިހާރު ވެ ނިމިފައިވާ ކަމަށެވެ. އެގޮތުން، އޮޕަރޭޝަންގައި ހަރަކާތްތެރިވާ އެހެނިހެން ފުލުހުން ކަނޑައަޅައި އޮކްޓޯބަރު 01 އިން ފެށިގެން އޮޕަރޭޝަން ނިމެންދެން އޮޕަރޭޝަންގެ ބޭނުމަށް ހަރަކާތްތެރިވަމުން ގެންދާނެ ކަމަށް ފުލުހުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: