ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސެޕްޓަމްބަރު މަހުން ފެށިގެން އިންފްލުއެންޒާ ދަނީ އިތުރުވަމުން!

އެޗްޕީއެގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އިންފްލުއެންޒާގެ ކޭސްތައް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން ގިނަވަމުންދާ ކަމަށް ހެލްތް ޕްރޮޓެކޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

މިއަދު މެންދުރު ބެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ސެެޕްޓަމްބަރު މަހުން ފެށިގެން އިންފްލުއެންޒާގެ ކޭސްތައް ގިނަވަމުން އަންނަކަމަށާއި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ކޭސްތައް ގިނައިން ރިޕޯޓު ކުރެވެނީ މާލެ އާއި ހުޅުމާލެ އިން ކަމަށެވެ.

ކޮވިޑުގެ ބަލިޖެހުމަށް އެންމެ ނުރައްކާތެރި އުމުރުފުރާތަކަކީ އިންފްލުއެންޒާ ޖެހުމަށް ވެސް އެންމެ ނުރައްކާތެރި އުމުރުފުރާ ކަމަށް އަފްޒަލް ފާހަގަ ކުރިއެވެ. އެގޮތުން 5 އަހަރުން ދަށުގެ ކުޑަ ކުދިންނާއި، 65 އަހަރުން މަތީގެ މީހުން، އަދި ދާއިމީ ބައްޔަކަށް ބޭސް ފަރުވާ ކުރާ ފަރާތްތަކުގެ އިތުރުން މާބަނޑު އަންހެނުންނަކީ އިންފްލުއެންޒާ ޖެހުމަށް އެންމެ ނުރައްކާތެރި މީހުން ކަމުގައި ފާހަގަ ކޮށްފައިވެއެވެ.

މިހާތަނަށް އިންފްލުއެންޒާ ގެ ކޭސްތައް ގިނައިން ރިޕޯޓުކޮށްފައިވަނީ އުމުރުން 18 އަހަރާއި 45 އަހަރުގެ އުމުރުފުރައިގެ މީހުން ކަމަށް ތަފާސް ހިސާބު ތަކުން ދައްކައެވެ. ހަމައެއާއިއެކު އިންފްލުއެންޒާ ޖެހެނީ ކުޑަ ކުދިންނަށް ވުރެން ބޮޑެތި މީހުންނަށް ކަމަށްވެސް މި ބައްދަލަވުމުގައި ބުނެފައިވެއެވެ.

ޓެސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ކޭސްތައް ޕޮޒިޓިވް ވަމުން ދާއިރު، މިހާތަނަށް އިންފްލުއެންޒާ ޖެހިފައިވާ ނިސްބަތުގެ ތެރެއިން އަންހެނުންނާއި ފިރިހެނުންގެ އަދަދު އެއްވަރުކަމަށް އަފަޒަލް ވިދާޅުވިއެވެ. އަދި މި ކޭސްތަކުގެ ތެރެއިން ގިނައިން ފެންނަނީ އިންފްލުއެންޒާ ޓައިޕް އޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލަވުމުގައި އަފްޒަލް ވަނީ އިންފްލްއެންޒާ ބަލީގެ އައުޓްބްރޭކަކަށް ނުދަނީސް ސަމާލު ވުމަށް އާއްމުންނަށް ނަސޭހަތްތެރިވެފައެވެ. އިންފްލުއެންޒާ އަށް ގިނައިން ޕޮޒިޓިވް ވަނީ ބޭރަށް ނުކުމެ އުޅޭ އުމުރުުގެ މީހުން ކަމަށް ވުމާއިއެކު، ޒަރޫރީ ބޭނުމަކާއި ނުލާ ގެއިން ބޭރަށް ނުދިއުމަށް އަފްޒަލް އިރުޝާދު ދިނެވެ. އަދި ހަމަ އެހެންމެ، އާއްމު އުސޫލުތަކާއި އެއްގޮތަށް މީހުން އެއްވެ އުޅޭ ތަންތާނގައި މާސްކް އެޅުމަށާއި ސާފުތާހިރުކަން އިސްކުރުމަށް އިލްތިމާސް ކުރި އެވެ.

ރޯގާގެ އެއްވެސް އަލާމަތެއް ހުރިނަމަ ހޮސްޕިޓަލަށް ދިޔުމުގެ ބަދަލުގައި ފްލޫ ކްލިނިކަށް ދެއްކުމަށް އިރުޝާދު ދެމުން އަފްޒަލް ވިދާޅުވީ ގޭގައި ތިބުމަށާއި އެޗްޕީއޭގެ ގައިޑްލައިނަސް ހުރުމަތްތެރިކޮށް ހިތުމަށް އެދޭ ކަމަށެވެ.

ރާއްޖޭގެ އާބާދީގެ ގިނަ ބައެއް ކޮވިޑުގެ ވެކްސިން ފުރިހަމަކޮށްފައިވާކަން ފާހަގަކޮށް އަފްޒަލް ވިދާޅުވީ ވެކްސިން ފުރިހަމަ ނުކުރާ ފަރާތްތަކުން ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމަކީ އެޗްޕީއޭގެ އެދުމެއް ކަމަށެވެ.

ކުރި އާއި އަޅާ ބަލާއިރު ރާއްޖޭގެ ކޮވިޑުގެ ކޭސްތައް މަދުވެފައިވާކަން ފާހަގަ ކޮށް، ކުރީގެ ދިރިއުޅުމަށް ވާސިލުވުމަށްޓަކައި އެޗްޕީއޭގެ ގައިޑްލައިން އާއި އެއްގޮތަށް އަމަލުކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ބާރުއަޅާކަމަށް އަފްޒަލް ވިދާޅުވިއެވެ. މި ދަނޑިވަޅުގައި އާއްމު ފަރާތްތަކުން ފަރުދީ ޒިންމާ ފަރުވާތެރި ކަމާއި އެކު އަދާކުރުމަކީ ވެސް އެޗްޕީއޭގެ އެދުމެކެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: