ދޫނިދޫ ޖަލުގައި ހަމަނުޖެހުމެއް ނުހިންގާ ކަމަށާއި އެތަން އޮތީ އާންމު ހާލަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.
ދޫނިދޫ ޖަލުގައި ހަލުތާލު ކުރަމުންދާ ކަމަށް ބުނެ މިއަދު މީސްމީޑިއާގައި ފެތުރު ވާހަކަތަކާ ގުޅިގެން، އެކަން ހިނގިގޮތް ސާފުކޮށްދެއްވަމުން ފުލުހުން ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަންދުގައި ތިބެން ޖެހޭ ބަޔަކު ދޫނިދޫ ކަސްޓޯޑިއަލްގައި ތިބުމުން އެމީހުންގެ ތެރެއިން ބައެއް މީހުން ގެންދަނީ އެކަމާ ހިތްހަމަނުޖެހުން ފާޅު ކުރަމުން ކަމަށެވެ.
ފުލުހުން ބުނީ އެ މީހުން އެއްވެސް ހަމަނުޖެހުމެއް ނުހިންގާ ކަމަށާއި ދޫނިދޫ ކަސްޓޯޑިއަލްގެ އޮތީ އާންމު ހާލަތުގައި ކަމަށެވެ.
ދޫނިދޫ ޖަލުގައި ބަހައްޓަނީ ކުށް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރާ މީހުން އެކަންޏެވެ.

